އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހް
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހް (92 އަހަރު) އިއްޔެ އަވަހާރަވުމާ ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މަންމޯހަން ސިންހް އަވަހާރަވެފައިވަނީ ވެރިރަށް ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އައިމްސް)ގެ އެމަޖެންސީ ވޯޑުގައި ފަރުވާދެމުންދަނިކޮށެވެ.
މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސް ޑރ. މުޢިއްޒު އެކްސް ގައި ވިދާޅުވެފައި ވަނީ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުންނާއި އެމަނިކުފާނު ވަނީ އިންޑިއާގެ ރައްޔިތުންނާއެކު ކަމަށާއި، އަދި މަންމޯހަން ސިންހްގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވާކަމަށެވެ.
ރައީސް ޑރ. މުޢިއްޒުގެ ޕޯސްޓުގައި، 2011 ވަނަ އަހަރު މަންމޯހަން ސިންހް ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަކީ ރާއްޖޭގެ އިޤްތިޞާދަށާއި އިޖުތިމާޢީ ތަރައްޤީއަށް މުހިންމުވެގެންދިޔަ ދަތުރުފުޅެއް ކަމަށް ފާހަގަކުރައްވާފައި ވެއެވެ. މީގެ އިތުރުން މަންމޯހަން ސިންހްގެ "ލުކް އީސްޓް ޕޮލިސީ" އަކީ ދެކުނު އޭޝިއާގެ ތަރައްޤީއަށް މުހިންމު ސިޔާސަތެއްކަންވެސް ރައީސް ޑރ. މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
މަންމޯހަން ސިންހްގެ ސިޔާސީ ހަޔާތްޕުޅުގައި އިންޑިއާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. އޭގެ ތެރެއިން އެމަނިކުފާނު އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2004 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި އެމަނިކުފާނަކީ އިންޑިއާ މިއަދު މިދެކޭ އިޤްތިޞާދީ ބަދަލު ގެނައުމުގައި ފާހަގަކޮށްލެވޭފަދަ ސިޔާސަތުތަކެއް ތަޢާރަފުކޮށްދެއްވި ބޭފުޅެކެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް