ރައީސް ދެ މިނިސްޓްރީއެއް އެއްކޮށްލައި ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި

ރައީސުލްޖުމުހޫރިއްޔާ އައު ވަޒީރުންނާއި ބައްދަލުކޮށްލެއްވުން / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް މިއަދު ބޮޑު ބަދަލެއް ގެންނަވައި، ހައުސިންގ މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައްވައިފިއެވެ.

މި ބަދަލާއެކު ސަރުކާރުގެ 22 ވުޒާރާގެ ތެރެއިން އެއް ވުޒާރާ މަދުވެގެން ދިޔައީއެވެ

މި ބަދަލުގެ ދަށުން، ކުރީގެ ހައުސިންގ މިނިސްޓްރީގެ މަސައްކަތްތައް ބަހާލެވިފައިވަނީ ދެ މިނިސްޓްރީއަކަށެވެ. ހައުސިންގ އާއި ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ހަވާލުކުރެވިފައިވަނީ ޑރ. އަބްދުﷲ މުއްތަލިބާއެވެ. އަދި ޕްލޭނިންގެ މަސައްކަތްތައް ބަދަލުކުރެވިފައިވަނީ ފިނޭންސް މިނިސްޓްރީގެ ދަށަށެވެ.

މި ބަދަލުތަކާއެކު، ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރުކަމަށް ބަދަލުކުރެވިފައެވެ. އަދި ކުރީގެ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވަނީ އެގްރިކަލްޗަރ މިނިސްޓަރުކަމަށް ބަދަލުކުރެވިފައެވެ.

ކުރީގެ އެގްރިކަލްޗަރ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވަނީ ސިއްހީ ހާލަތާ ގުޅިގެން މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ކުރިން އެ މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ބަލަހައްޓަވަމުން ގެންދެވީ ޑރ. މަރިޔަމް މާރިޔާއެވެ.

މި ބަދަލުތަކަކީ ރައީސް މުއިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ފުރަތަމަ ބަދަލުތަކެއް ނޫނެވެ. މީގެ ކުރިންވެސް އެމަނިކުފާނު ވަނީ ބައެއް ވަޒީރުން އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް ބަދަލުކުރައްވާފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

44 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy