ގެދޮރުވެރިޔާ ސްކީމް މައްސަލައިގައި ދައުވާ ކުރުމާމެދު ޕީޖީ، އޭސީސީ ވަނީ މަޝްވަރާ ފަށާފަ -- ފޮޓޯ/ އޭސީސީ
ގެދޮރުވެރިޔާ ސްކީލް މައްސަލައިގައި ދައުވާ ކުރުމާމެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހާއެކު މަޝްވަރާ ފަށައިފި އެވެ.
އޭސީސީން ބުނީ އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ދޫކުރުމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމާ މެދު ގޮތެއް ނިންމުމަށް، ޕީޖީ އޮފީހާއެކު، ރަސްމީކޮށް އެ ކޮމިޝަނުން ޑިއުޓީ ޕްރޮސެކިއުޝަން ފަށާފައިވާ ކަމަށެވެ.
އާންމު މަސްލަހަތު ބޮޑު މި މައްސަލައިގެ، ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ނިންމައި، ދައުވާ ކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދެން، ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ވީ އެންމެ އަވަހަކަށް ކުރަމުން ގެންދާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ކުރީގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުތަމަ ދޭން ނިންމި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރުން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފަ އެވެ. މިއީ ފްލެޓް ލިސްޓު އާންމު ކުރާ ތާރީހު ފަސްކުރި ދެ ވަނަ ފަހަރެވެ.
ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ފްލެޓަށް އެދި ގެދޮރުވެރިޔާ ސްކީމު އުސޫލުގެ ދަށުން 20،697 އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް