ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު
ލޯކަލް ގަވާންމެންޓް މިނިސްޓްރީގެ ތެރެއިން ކޮރަޕްޝަން ހިނގައި ކަމަށް ތުހުމަތު ކުރެވޭ ނަމަ ވަގުތުން އެންގުމަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައި ވަނީ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލު ކުރައްވަ އެވެ.
އެ ބައްދަލުކުރެއްވުމުގައި އާދަމް ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ރައީސް ޑރ. މުއިއްޒު ކުރައްވާ މަސައްކަތްތަކާ ގުޅިގެން، އެމަނިކުފާނުގެ އިރުޝާދާ އެކު، މިނިސްޓްރީގެ މުވައްޒަފުން ވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށްދިނުމަށ އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ކޮރަޕްޝަނާއި ފަސާދަ އާ ގުޅުން ހުރި އެއްވެސް ކަމަކަށް ތުހުމަތު ވާނަމަ، ވަގުތުން މިނިސްޓަރަށް ރިޕޯޓް ކުރުމަށާއި އަދި އެފަދަ ކަންކަމުގެ މައުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހިއްސާ ކުރުމަށް ހިތްވަރު ދެއްވާ، އިލްތިމާސް ކުރެއްވި އެވެ.
މި ބައްދަލުވުމުގައި، ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، ރައީސަށް މިނިސްޓްރީގެ މުވައްޒަފުން ޝުކުރު އަދާ ކުރެއްވި އެވެ.
މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފަށައިގެން ކޮރަޕްޝަނާ ދެކޮޅަށް އަންނަނީ ހަރުދަނާ ފިޔަވަޅު ތަކެއް އަޅަމުންނެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރު ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ސަރުކާރުގެ މަތީ މަގާމު ތަކަށް މީހުން އައްޔަން ކުރަނީ ކޮރަޕްޝަން ހިންގައި ވައްކަން ކުރަން ނޫންކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން ކުރީގެ ސަރުކާރު ތަކުގައި ކޮރަޕްޝަންގެ މައްސަލަ ތަކުގައި ފިޔަވަޅު ނާޅާ ދޫކޮށްލިއެއް ކަމަކު މި ސަރުކާރުން އެގޮތަށް ކަންތައްތައް ނުކުރާނެ ކަން ފާހަގަ ކުރައްވައި ރައީސް ދެއްވާފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރާ ނަމަ، ފިޔަވަޅު އަަޅުއްވާނެ ކަމުގެ ޔަގީން ކަމެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް