އެޗްޑީސީގެ ބިމާއި ފްލެޓު މައްސަލަ: 20 މީހެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން ހިފަހައްޓައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

އެޗްޑީސީގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކުރި މައްސަލައިގައި ޕާސްޕޯޓް ހިފެހެއްޓި 20 މީހުންގެ އިލެކްޓްރޯނިކް ސާމާނުތައް ފުލުހުން ހިފަހައްޓައިފިއެވެ.

މީގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނެއެވެ.

މި މައްސަލަ ފެށުނީ މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި އެޗްޑީސީއާ ގުޅޭ ބޮޑެތި ތުހުމަތުތަކެއް ކުރެވި، ފަޒުލްގެ ބޭބެ ފަޒީލްއަށް ބިމެއް ދިންކަމުގެ މައްސަލަ ތިލަވުމާ ގުޅިގެންނެވެ. މި މައްސަލަ ފެންމަތިވުމާ އެކު ފަޒުލް ވަނީ ސަސްޕެންޑްކޮށްފައި ހުންނަވަނިކޮށް މިދިޔަ ހޮނިހިރު ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޕާސްޕޯޓް ހިފެހެއްޓި އެންމެންގެ އިލެކްޓްރޯނިކް ސާމާނުތައް ކޯޓު އަމުރެއްގެ ދަށުން ނަގާފައިވާ ކަމަށެވެ. ނަމަވެސް ހިފެހެއްޓި ތަކެތީގެ އަދަދާއި ބާވަތްތަކުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި އެޗްޑީސީގެ ޗެއާމަން ފިޔަވާ ބޯޑުގެ އެހެން ހުރިހާ މެންބަރުން ސަސްޕެންޑްކުރުމަށް ފަހު މިހާރު ވަނީ އެ ސަސްޕެންޝަން އުވާލާފައެވެ. އަދި އެ ކުންފުނީގެ އިސް 15 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ތިއްބާ އަލުން މިއަދު ވަނީ ވަޒީފާ ދީފައެވެ. ނަމަވެސް މި މުވައްޒަފުން މިވަގުތު ތިބީ ސަސްޕެންޝަންގައެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، ފުލުހުން ވަނީ ފަޒުލް ދިރިއުޅޭ ތަން ބަލައި ފާސްކޮށް، ބައެއް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ. މީގެ އިތުރުން ފަޒީލްގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހިފަހައްޓާފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

11 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy