ގައިރު ދީންތަކުގެ ދުވަސްތައް ފާހަގަ ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ހަނދާންކޮށްދީފި

އިސްލާމިކް މިނިސްޓްރީ

ޣައިރު ދީންތަކުގެ ދުވަސްތައް ރާއްޖޭގެ ރަށްރަށުގައި ފާހަގަނުކުރުމަށް އިސްލާމިކް މިނިސްޓްރީން އަނެއްކާ ވެސް ހަނދާންކޮށްދީފިއެވެ.

މިކަން ހަނދާން ކޮށްދީފައި މިވަނީ ނަޞާރާއިން ފާހަގަކުރާ ޢީދެއް ކަމަށްވާ "ކްރިސްމަސް" ދުވަހާ ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ސޮއި ކުރައްވައި، ކައުންސިލްތަކަށް ފޮނުއްވި ސާކިއުލާއެއްގައި، ދިވެހިރާއްޖޭގެ އެއްވެސް އާއްމު ތަނެއްގައި އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެއްކަން ވަނީ ހަނދާން ކޮށްދީފައެވެ.

ސާކިއުލާގައި ބުނެފައިވަނީ ރާއްޖެއަކީ ގިނަ އަދަދަކަށް ބިދޭސީން މަސައްކަތްކުރާ، އަދި ފަތުރުވެރިންގެ ގޮތުގައި ގިނަ އަދަދެއްގެ ބޭރު މީހުން ޒިޔާރަތްކުރާ ގައުމެއް ކަމަށްވާއިރު އެކި ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކުން ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތައް އަމަލުކުރުމަށް ބިދޭސީނަށް އިރުޝާދު ދިނުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން މީހުން އުޅޭ ރަށްރަށުގައި އުޅޭއިރު އާއްމު އިޖްތިމާއީ މިންގަނޑަށް ފެތޭފަދަ ހެދުމެއްގައި އުޅުމަށް ފަތުރުވެރިންނަށް އިރުޝާދު ދިނުމަށް ވެސް ވަނީ މިނިސްޓްރީން އެދިފައެވެ.

ހުރިހާ ކައުންސިލްތަކުން މި ކަމަށް ޚާއްސަ ސަމާލުކަމެއް ދީ މިފަދަ މައްސަލަތަކުގައި ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް ވަނީ އަންގާފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

15 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy