އައު އަހަރާ ދިމާކޮށް ފުލުހުން ހާއްސަ ޑުރަގު އޮޕަރޭޝަނެއް ފަށައިފި

މަގުމަތީ ފުލުހުންތަކެއް ހަރަކާތްތެރި ވަނީ -- ފޮޓޯ/ ޕޮލިސް

އައު އަހަރާ ދިމާކޮށް މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އައު އަހަރާ ދިމާކޮށް، ބަނގުރާ އަދި މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކުރުން އިތުރުވާނެކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޔުނިޓާއި ހުޅުމާލެ ޕޮލިހާއި މެރިން ޕޮލިސް އަދި ކ. އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންގައި ހުޅުމާލޭ ފަޅުތެރެ ޕްޓެރޯލްކުރުމާއި ރަށުތެރެއަށް ބަނގުރާ އަރުވައި، ބަނގުރާ ވިއްކާކަމަށް ޝައްކުކުރެވޭ ކެފޭ، ރެސްޓޯރެންޓްތައް މޮނިޓަރކުރާނެ ކަމަށެވެ. އަދި އޮޕަރޭންޝަންގައި ޤާނޫނާއި ގަވާއިދާ ޚިލާފުވާކަމަށް ފާހަގަވާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތްކުރަމުންދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ އަހަރުވެސް ޑިސެންބަރު މަހު ހިންގި އޮޕަރޭޝަނެއްގައި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 5.5 މިލިޔަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ ފުލުހުން އަތުލައިގަނެފައިވެއެވެ.

މިއަހަރުގެ ތެރޭގައި 1.3 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިމަހުގެ 8ވަނަ ދުވަހު ހާމަކުރައްވާފައެވެ.

މިއަހަރުގެ ތެރޭގައި 655 ކިލޯގެ މަސްތުވާތަކެތި ތަންފީޒީ އިދާރާތަކުން އަތުލައިގަނެފައިވާ ކަމަށާއި އެއީ މިދިޔަ އަހަރާ އަޅާބާލާއިރު 6 އިންސައްތައިގެ އިތުރު މިންވަރެއްކަން ރައީސް ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

4 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

59 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy