ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންޓީމް ބ.އޭދަފުށި
ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ޓީމުތަކާއި، އެ ޓީމުތަކުގެ ސަޕޯޓަރުން ދިވެހި ފުޓުބޯޅައިގެ ރޫޙު އަލުން ދިރުވައިދީފި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ކާމިޔާބުކުރި ބ.އޭދަފުށީގެ ޓީމަށް ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކޮށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ނައިބު ރައީސް ވަނީ އޭދަފުށި ޓީމުގެ ކުޅުންތެރިން ދެއްކި ހުނަރަށް ސާބަސް ދަންނަވާފައެވެ. އަދި އައްޑޫ ސިޓީގެ ޓީމުން މުބާރާތުގައި ދެއްކި މޮޅު ކުޅުމާއި ކުރި ހިތްވަރުވެސް ވަނީ ފާހަގަކުރައްވާފައެވެ.
"ދެ ޓީމުގެ ސަޕޯޓަރުންވެސް މިރޭ ގަލޮޅު ދަނޑަށް އައު ދިރުމެއް ގެނުވައިފި. މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ޓީމުތަކާއި އެ ޓީމުތަކުގެ ސަޕޯޓަރުން ދިވެހި ފުޓުބޯޅައިގެ ރޫޙު އަލުން ދިރުވައިދީފި" ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ ކާމިޔާބުކަމާއެކު މި މުބާރާތް ނިންމާލުމުން އެކަން ފާހަގަކޮށް މުބާރާތް އިންތިޒާމުކުރެއްވި ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. "މި ފުރުޞަތުގައި ގޯލްޑް ކަޕް 2024 އިންތިޒާމު ކުރުމުގައި ޙަރަކާތްތެރިވި ފަރާތްތަކުން ކުރި މަސައްކަތް ފާހަގަކޮށް ޚާއްޞަ ޝުކުރެއް ދަންނަވަން" ނައިބު ރައީސް ވިދާޅުވިއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް