ޔަމަނުން ގެންދަނީ އިސްރާއިލަށް އަމާޒުކޮށް ހަމަލާތަކެއް ދެމުން
ޔަމަންގައި ވެރިކަންކުރާ ހޫޘީ ޖަމާއަތުން ފޮނުވާލި މިސައިލެއް އިސްރާއީލުގެ މެދުތެރެއަށް ވެއްޓުމުގެ ސަބަބުން 20 މީހަކު ޒަޚަމްވެއްޖެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާ ބުނިގޮތުގައި މީގެ ތެރެއިން ގިނަ މީހުން ޒަހަމުވެފައި ވަނީ މިސައިލުން ސަލާމަތްވުމަށް މިލިޔަނެއްހާ މީހުން އެއްވަގުތެއްގައި ބިންގަރާސްތަކަށް ވަންނަށް އުޅުމުގެ ތެރޭގައި ފިތި ބާރުވުމުގެ ސަބަބުންނެވެ.
އިސްރާއީލު ސިފައިންގެ ބަޔާނެއް ބުނާގޮތުން އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކުން ޔަމަންގެ ބަލިސްޓިކް މިސައިލަށް ހުރަސްއެޅިއެވެ. ނަމަވެސް މިސައިލްގެ ބައިތައް ވެއްޓުނީ އިސްރާއީލުގެ މެދުތެރޭގެ ސަރަހައްދުތަކަށެވެ. އެތަންތަނަށް ވެސް ވަނީ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މީގެ ތިން ދުވަސްކުރިން ވެސް ޔަމަނުން ވަނީ ބާރުގަދަ ހައިޕާސޮނިކް މިސައިލަކުން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށް ހަމަލާދީފައެވެ. އިސްރާއީލު ވަނީ އެ މިސައިލަށް ހުރަސްއެޅުމުގައި އެގައުމުގެ ވައިގެ ދިފާއީ ހުރިހާ ނިޒާމުތަކެއް ފެއިލް ވިކަމަށް އެއްބަސްވެފައެވެ.
ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހުއްޓާލައި ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް އުވާލަންދެން އިސްރާއީލަށް ދޭ ހަމަލާތައް ކުރިޔަށް ގެންދާނެކަމުގެ އިންޒާރު ހޫޘީންގެ ތަރުޖަމާން ކާނަލް ޔަހްޔާ ސަރީޢު ވަނީ ދެއްވާފައެވެ.
ރިޕޯޓްތައް ބުނާގޮތުން ހޫޘީން އިސްރާއީލަށް ދޭ ބާރުގަދަ މިސައިލް ހަމަލާތަކުގެ ފަހަތުގައި އޮތީ އީރާންއެވެ. ހޫޘީންނަށް ހައިޕާސޮނިކް މިސައިލް ޓެކްނޮލޮޖީ ފޯރުކޮށްދީފައި ވަނީ އީރާންކަމަށްވަނީ ބެލެވިފައެވެ. އިސްރާއީލު ވަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ވެސް ހަމަލާދޭނެކަމަށް ބުނެ ދާދިފަހުން އިންޒާރުތައް ވެސް ދޭން ފަށާފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް