އެންޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަބްދުﷲ ފަސީހް
ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ޑްރަގް ކޯޓަށް ލަފާދިނުމަށް އެކުލަވާލަންޖެހޭ ޓެކްނިކަލް ކޮމިޓީއަށް 11 މެންބަރުން އައްޔަނުކޮށްފިއެވެ.
މި ކޮމިޓީ އެކުލަވާލާފައިވަނީ މިދިޔަ އޮކްޓޯބަރު 30 ގައެވެ.
ކޮމިޓީގެ ޗެއަރޕާސަނަކީ އެންޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަބްދުﷲ ފަސީހެވެ. އަދި ވައިސް ޗެއަރޕާސަނަކީ ކައުންސިލަރ ޝަމާ ނަސީރެވެ. މީގެ އިތުރުން ކޮމިޓީގައި ހިމެނެނީ އެންޑީއޭގެ އެކި މަޤާމުތަކުގައި ތިބި މުވައްޒަފުންނެވެ.
ޓެކްނިކަލް ކޮމިޓީގައި ހިމެނެނީ:
ޗެއާޕާސަން - އެންޑީއޭގެ ޑެޕިއުޓީ ޑިރެކްޓަރު، ޖެނެރަލް އަބްދުﷲ ފަސީހް
ވައިސް ޗެއާޕާސަން - ކައުންސިލަރު، ޝަމާ ނަސީރު
އެސިސްޓެންޓް ޑިރެކްޓަރު - އާއިޝަތު ޝިއުނާ
އެސިސްޓެންޓް ޑިރެކްޓަރު - އަލީ ރިޔާޒު
އެސިސްޓެންޓް ޑިރެކްޓަރު - ފާތިމަތު ސާނިހާ ސޯލިހް
ލީގަލް އޮފިސަރު - އަހްމަދު ހިލްމީ
ސީނިއާ ޕްރޮގްރާމް ކޯޑިނޭޓަރު - ހައްވާ އަގުލާ އަހްމަދު
ޕްރޮގްރާމް އޮފިސަރު - މަރިޔަމް އާދަމް
އެސިސްޓެންޓް ކައުންސިލަރު - އަހްމަދު ފިރާގް
އެސިސްޓެންޓް ކައުންސިލަރު - އާމިނަތު ރިޔާޒާ
ޑިރެކްޓަރު - މަރިޔަމް އަސްރާ
މި ޓެކްނިކަލް ކޮމިޓީއަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެންޑީއޭއިން ޑްރަގް ކޯޓަށް ލަފާދިނުމަށް އެކުލަވާލަންޖެހޭ ޓީމެކެވެ. ޤާނޫނުގައި ބުނެފައިވާ ގޮތުން، މިފަދަ ޓީމުތަކުގެ ޚިދުމަތް މެދުކެނޑުމެއްނެތި ޑްރަގް ކޯޓަށް ލިބޭނެ އިންތިޒާމު އެންޑީއޭއިން ހަމަޖައްސަންޖެހެއެވެ.
އެންޑީއޭގެ އެއް މަސްއޫލިއްޔަތަކީ މަސްތުވާތަކެތީގެ މައްސަލަތައް ބެލުމުގައާއި އަދަބު ކަނޑައެޅުމުގައި އަދި ފަރުވާގެ ޕްރޮގްރާމްތައް ކަނޑައެޅުމުގައި ޑްރަގް ކޯޓަށް ލަފާދިނުމެވެ.
ޑްރަގް ކޯޓުން އަހަރަކު އެއްފަހަރު ރިޕޯޓެއް އެކުލަވާލައި، އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ނިމޭ ގޮތުގެ މަޢުލޫމާތު ޑްރަގް ކައުންސިލަށް ހުށަހަޅަންޖެހެއެވެ. މި ރިޕޯޓުގައި މައްސަލަތައް ނިންމުމަށް ހޭދަވާ ވަގުތާއި އިދާރީ ގޮތުން ހުރި ދަތިތައްވެސް ހިމަނަންޖެހެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް