ޒަކާތު ފަންޑުގެ އެހީގައި ގައްޒާގެ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދީފި

ޒަކާތުފަންޑުގެ އެހީގައި ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމަށް ޒަކާތު ފަންޑުން ހަދިޔާކުރި އެއް ލައްކަ ޑޮލަރު ވަނީ ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލާއި އަލް ހަޔާތު ހޮސްޕިޓަލުގައި ތިބި ހާލުގައި ޖެހިފައިވާ މީހުންނަށް 6,000 ކޭސް ފެން ބަހާފައިވެއެވެ. އަދި ޖުމުލަ 60,000 ރައްޔިތުންނަށް 50,000 ކޭސް ފެން ބެހުމަށް ވަނީ ރޭވިފައެވެ.

މިއީ ޒަކާތު ފަންޑުން ރާއްޖެއިން ބޭރުގެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ. މި އެހީތެރިކަން ފޯރުކޮށްދެނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުންނެވެ.

މި ސަރުކާރުން ވަނީ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދާފައެވެ. މީގެ މަޤްޞަދަކީ ޒަކާތާ މެދު މީހުން އަހުލުވެރިކުރުވައި ލޯބި ޖެއްސުމެވެ.

މީގެ އިތުރުން، "ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ބޭއްވި ޓެލެތޯނަކުން 19 މިލިއަން ރުފިޔާ އެއްކުރެވި، އެ ފައިސާ ވެސް ވަނީ އދ. ގެ އަންރުވާއާ ހަވާލުކޮށްފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

42 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy