ޗެމްޕިއަން އޭދަފުއްޓަށް ތަށި ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު
އަތޮޅުތަކަށް އަމާޒުކޮށްގެން ބޭއްވި ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އޭދަފުށިން ރޭ ހޯދައިފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި އޭދަފުށިން ކާމިޔާބުކޮށްފައި ވަނީ 2-0ގެ ނަތީޖާއަކުން އައްޑޫ ބަލިކޮށްފައެވެ.
މެޗުގައި ފެނިގެން ދިޔަ ދެ ލަނޑު ވެސް ޖަހާފައިވަނީ ފުޓްބޯޅައިގައި ނަން މަޝްޙޫރު ދެބެންކަމަށް ފާސިރުގެ ދެބެއިންނެވެ. އެގޮތުން ފުރަތަމަ ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި ޖަހާލީ މުޙައްމަދު ފާސިރެވެ. ދެވަނަ ލަނޑު މެޗު ނިމުމާ ކައިރިވެފައި ވަނިކޮށް 89 ވަނަ މިނެޓުގައި ޖަހާލީ އޭނާގެ ކޮއްކޮ އަލީ ފާސިރު (ސެންޓޭ) އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ހަމަލާތައް އުފައްދާ މުޅި މެޗުކަހަލަ ގޮތަކަށް ނޮމިނޭޓްކޮށް މޮޅަށް ކުޅެފައި ވަނީ އޭދަފުށީގެ ޓީމުންނެވެ، އެހެން ނަމަވެސް ދެވަނަ ހާފުގައި އައްޑޫ ސިޓީގެ ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔަރަން ފެނިގެން ދިޔައެވެ. އެހެންނަމަވެސް އެ ހަމަލާތަކުން ނަތީޖާއެއް ނެރެވޭގޮތެއް އެޓީމަކަށް ނުވިއެވެ.
މި މުބާރާތަކީ ދިވެހި ފުޓްބޯޅައިގެ ފޯރި ކެނޑިފައިވާތީ އަލުން އަނބުރާ ފުޓބޯޅައިގެ ފޮރިގެނެސް އެކަން އާލާކުރުމަށް ބޭއްވުނު މުބާރާތެކެވެ. މުބާރާތުގައި ޖުމުލަ 17 ޓީމު ވާދަކުރިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޭދަފުށީ ޓީމަށް ތައްޓާއި މެޑެލްތައް ހަވާލުކޮށްދެއްވީ ރޭގެ ފައިނަލްމެޗުގެ ޝަރަފުވެރި މެޙްމާން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް