ހޮސްޕިޓަލާއި ސިއްހީ މަރުކަޒު ތަކަށް ދިވެހި 50 ނަރުހުން ހޯދަން ވަނީ އިއުލާންކޮށްފަ —
ހއ. އަތޮޅު ހޮސްޕިޓަލާއި އެ އަތޮޅުގެ ބައެއް ސިއްހީ މަރުކަޒު ތަކަށް 50 ރެޖިސްޓަޑް ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.
މީގެ ތެރެއިން 12 ނަރުހުން ހޯދަނީ ހއ. އަތޮޅު ހޮސްޕިޓަލަށެވެ. އަނެއް 38 ނަރުހުން ސިއްހީ މަރުކަޒު ތަކަށެވެ. މިއީ ދާއިމީ މަގާމު ތަކެކެވެ.
އެގޮތުން ހއ. އަތޮޅު ހޮސްޕިޓަލަށް 12 ނަރުހުން، ހަމަ އެ ރަށު ސިއްހީ މަރުކަޒަށް ހަ ނަރުހުން، މުރައިދޫ ސިއްހީ މަރުކަޒަށް ދެ ނަރުހުން، ތަކަންދޫ ސިއްހީ މަރުކަޒަށް ހަ ނަރުހުން، ހޯރަފުށީ ސިއްހީ މަރުކަޒަށް ހަތަރު ނަރުހުން ބޭނުންވެ އެވެ.
އޭގެ އިތުރުން ތުރާކުނު ސިއްހީ މަރުކަޒަށް ނަރުހަކާއި އުލިގަމް، މޮޅަދޫ ސީއްހީ މަރުކަޒަށް ދެ ނަރުހުން، ކެލާ ސިއްހީ މަރުކަޒަށް އަށް ނަރުހުން، ވަށަފަރު ސިއްހީ މަރުކަޒަށް ތިން ނަރުހުން، ފިއްލަދޫ ސީއްހީ މަރުކަޒަށް ދެ ނަރުހުން އަދި މާރަންދޫ، އުތީމު ސިއްހީ މަރުކަޒަށް އެއް ނަރުހަކު ހިމެނެ އެވެ.
މި މަގާމް ތަކަށް އެދޭ ފަރާތް ތަކުން ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި، ވަނަވަރު، އައިޑީ ކާޑު، އަދި އިތުރު ލިޔެކިޔުންތައް މި ޑިސެމްބަރު 31 ވަނަ ދުވަހު 1:00ގެ ކުރިން ހއ. އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށް ހުށަހެޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދެފަ އެވެ.
ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް hr@haah.gov.mv މެދުވެރިކޮށް ވެސް ބަލައިގަންނާނެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް