ސްޓޭޓް މިނިސްޓަރު ނިހާދު އެ މަގާމުން ސަސްޕެންޑް ކޮށްފި

ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާދު — ހަތާވީސް ފޮޓޯ

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނިހާދު އެ މަގާމުން މިއަދު ސަސްޕެންޑުކޮށްފި އެވެ.

އޭނާ ސަސްޕެންޑްކުރި ވަކި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ބެލެވޭ ގޮތުގައި ނިހާދު ސަސްޕެންޑްކޮށްފައި ވަނީ ކޮންގްރެސް ހައުސް، ހ. ވެޔޮވިލާ، ގައި ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރާއްޖޭގެ ބައެއް ރިސޯތު ތަކަށް އަމާޒުކޮށް އިދިކޮޅު އެންޑީޕީން އިސް ނަގައިގެން ޓެރެރިސްޓް ހަމަލާއެއް ދޭން ރާވާ ކަމަށް ތުހުމަތުކޮށް ދެއްކެވި ވާހަކަތާ ގުޅުވައިގެންނެވެ.

ނިހާދު ވިދާޅުވެފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހުއްޓުވަން އިދިކޮޅުން މަސައްކަތް ކުރަމުން އަންނަ  ކަމަށެވެ.

މިކަން ކުރަން ރާވާފައި ވަނީ އިއްޔެ ހަވީރުކަން ފާހަގަކޮޮށް ނިހާދު ވިދާޅުވީ އެކަމުގެ އަޑީގައި ހުރީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކަމަށެވެ.

"އަންނަ ބުރާސްފަތި ދުވަހު އިރާދަކުރެއްވިއްޔާ ދެ މިލިއަން ފަތުރުވެރިން ރާއްޖޭގައި ތިބޭނެ. އެކަމާ އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވައި، މި ދިވެހި ދައުލަތަށް ތިޔަ ރައްޔިތުންނަށް ކުރަން ހުރި މަސައްކަތްތަކަށް ހުރަސް އެޅުމަށް ބޭރުން އަޅުގަނޑުމެންނަށް ލިބިދާނެ މަންފާއެއް ފައިސާގެ އެހީއެއް ނޫނީ ހުރި ބޮޑެތި އިންވެސްޓްމަންޓްތައް ހުއްޓުވުމަށް ރާވާފައިވާ ބޮޑު ޓެރެރިޒަމްގެ ހަމަލާއެއް. މި ކަމުގައި ބައިވެރިވަނީ ހަމަ ސީދާ ކަނޑައެޅިގެން މި ރާއްޖޭގެ އިގުތިސޯދު ފުޑާލުމަށް މީގެ ކުރީގައި ވެސް މަސައްކަތް ކޮށްފައިވާ އެމްޑީޕީ. އެ ލީޑާޝިޕްގެ ބްރޯ،" ޖަލްސާގައި ނިހާދު ވިދާޅުވި އެވެ.

ނިހާދުގެ އެ ވާހަކަތަކާ ގުޅުވައިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވަމުން އަންނައިރު، ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީން ވެސް ވަނީ އެ ވާހަކަ ތަހުގީގު ކުރުމަށް ގޮވައިލައިފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

10 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy