އެމްޑީޕީން ފުލެޓްތައް ބެހީ މޫކައި ހޮޓެލުގައި ތިބެގެން ކަމަށް ނިހާދު ތުހުމަތު ކުރައްވައިފި

ކުރީގެ މެންބަރު މުހައްމަދު ނިހާދު / ފޮޓޯ:ޕީއެންސީ

ކުރީގެ އެމްޑީޕީ ސަރުކާރުގައި ފްލެޓުތަކާއި ބިންތައް ބަހައިލީ މޫކައި ހޮޓެލްގައި ތިބެގެން ކަމަށް ވިދާޅުވެ، 19 ވަނަ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރެއްވި ކުރީގެ މެންބަރު މުހައްމަދު ނިހާދު ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނިހާދު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ފްލެޓުތަކާއި ބިންތައް ބަހައިލީ "އެލީޓް ގްރޫޕު" ގައި ހިމެނޭ މަޖިލިސް މެންބަރުންތަކަކާ އެކު، މޫކައި ހޮޓެލް ތެރޭގައި ކަމަށެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި، މި ކަމުގައި އިސްކޮށް ހުންނެވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

ނިހާދު ވިދާޅުވީ، އެ ސަރުކާރުގައި ހައްގުނުވާ އެތައް ބަޔަކަށް ފްލެޓު ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުންފުނިތަކުގެ ބޯޑުގައި ތިބި ބޭފުޅުންނާއި، އަމިއްލަ ނަމުގައި ފްލެޓެއް ނުވަތަ ބިމެއް ނުވަތަ އިމާރާތެއް އޮތް ފަރާތްތައް ހިމެނޭ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"ހިޔާގައި ފްލެޓު ހުރި މީހާއަށް ވިނަރެސްއިން ފްލެޓު ލިބިފައި އެބަހުރި. ވިނަރެސްގެ ފްލެޓު ލިބިފައިހުރި މީހާއަށް ހުޅުމާލެއިން ދޫކުރި އަގުބޮޑު ބާރަ ވިހި މިލިއަން ރުފިޔާގެ ބިން ދީފައި އެބަހުރި..." ނިހާދު ވިދާޅުވިއެވެ.

މި ތުހުމަތުތައް ކުރެއްވީ، ކުރީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" ގެ ދަށުން ނުހައްގުން ގޯތިތަކެއް ދިން މައްސަލައެއް ބަލަމުންދަނިކޮށެވެ. އަދި ސީލައިފް ގްލޯބަލްގެ ސްކޭމްގައި ގެއްލުންވި މީހުންނަށް ވިނަރެސް ފްލެޓުތަކެއް ދިނުމުގައި ފޭކު ލިޔުންތަކެއް ބޭނުންކޮށްފައިވާކަން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލަތައް ފެންމަތިވުމާ ގުޅިގެން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވަނީ އިސްތިއުފާ ދެއްވާފައެވެ. ނިހާދުގެ މި ތުހުމަތުތަކާއެކު، ކުރީގެ އެމްޑީޕީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ އިތުރު ސުވާލުތައް އުފެދިފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

26 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy