ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ 2 މިލިއަން ވަނަ ފަތުރުވެރިޔާ އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެކަމަށް ލަފާކުރައްވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ 2 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމާ ކައިރިވެފައިވާކަން މިއިން ފާހަގަކުރެވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ފައިޞަލް ވިދާޅުވީ އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,978,252 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާގެ ދަށުން ފަތުރުވެރިކަމުގެ ވުޒާރާއާއި ސިނާޢަތުގައި މަސައްކަތްކުރައްވާ ފަރާތްތަކުން ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑިސެންބަރު މަހުގެ ފުރަތަމަ 17 ދުވަހުގެ ތެރޭގައި ރާއްޖެއަށް 103,560 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.9 އިންސައްތައިގެ ކުރިއެރުމެކެވެ.
މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 6,092 ފަތުރުވެރިން ޒިޔާރަތްކުރާކަން ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މަހުގެ ކުރީކޮޅު ދުވާލަކު 5,000 ފަތުރުވެރިންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
އަހަރުގެ މިހާތަނަށް ޖުމުލަ 1.9 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.8 އިންސައްތައިގެ ކުރިއެރުމެކެވެ. މި ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ދަނީ ހަލުވި ދުވެލީގައި ކުރިއަރަމުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް