އެމްއެންޑީއެފުން ހިފެހެއްޓި ޑިންގީ / ފޮޓޯ: އެމްވީކަރައިސަސް
ފުވައްމުލަކު ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ސޯމާލިއާ ތިން މީހަކު ދަތުރުކުރަމުންދިޔަ ޑިންގީއެއް އެމްއެންޑީއެފުން މިއަދު ހިފަހައްޓައިފިއެވެ.
މި މީހުން މިހާރު ވަނީ ފުވައްމުލަކަށް ގެންގޮސްފައެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ޑިންގީއަކީ ސޯމާލިއާ މީހުން އާންމުކޮށް ދަތުރުކުރާ ވައްތަރުގެ އުޅަނދެކެވެ. ފުލުހުން މިހާރު ވަނީ މި މައްސަލައިގައި ހަރަކާތްތެރިވަން ފަށާފައެވެ.
މިއީ ފަހަކަށް އައިސް ރާއްޖެއަށް ލައްގާ ސޯމާލިއާ މީހުންގެ ފުރަތަމަ ހާދިސާއެއް ނޫނެވެ. މިދިޔަ ޖޫން މަހުވެސް ސޯމާލިއާ ތިން މީހުން ތިބި ޑިންގީއެއް ރާއްޖެއަށް ވަނީ ލައްގާފައެވެ.
ރާއްޖޭގެ އިރަށް އޮންނަ ސޯމާލިއާއިން، މީގެ ކުރިން ވެސް މިގޮތަށް ގިނަ ބަޔަކު ބެހިގެންނާއި ކަނޑުފޭރުމުގެ ނިޔަތުގައި ވެސް ރާއްޖޭގެ ސަރަހައްދަށް އައިސްފައިވެއެވެ. 2010 ގެ ފަހުން މިފަދަ ހާދިސާތައް އިތުރުވެ، ސިފައިންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ އަދަދު 40 އަށް ވެސް އަރާފައިވެއެވެ.
މިފަދަ ހާދިސާތަކުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ މި މީހުންގެ ގައުމު ސާބިތުކުރުމާއި އެމީހުން އަނބުރާ ފޮނުވާލުމެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު މިފަދަ މީހުން ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެންޖެހިފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް