ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީއަކާއި އިތުރު 3 މީހަކު ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓް

ދިރުވާލައިގެން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ބްރެޒިލްގެ ރައްޔިތެއް ކަމަށްވާ ލެންޑަސަން ޑިޕައުލޯ ގާސިއާ (44) ހައްޔަރުކޮށްފިއެވެ.

އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 107 ރަބަރު ބުލެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ކަމުގެ ތުހުމަތުގައި ހުސައިން ފަރުޝާން (39) ވެސް ހައްޔަރުކޮށްފައިވެއެވެ. ކްރިމިނަލް ކޯޓުން މި ދެ މީހުންގެ ބަންދުގެ މުއްދަތަށް ފަސް ދުވަސް ޖަހައިދީފައިވެއެވެ.

މީގެއިތުރުން، ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި އިތުރު ދެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ނ. މަނަދޫ، ޕީކޮކް، އިހްސާން އިސްހާގު (33) އާއި މއ. ސޭބު، މުހައްމަދު ފާރިޝް (40) އެވެ.

އިހްސާން އިސްހާގުގެ ހަށިގަނޑުން 114 ގްރާމް ހުރި އަށް ރަބަރު ބުލެޓް ފެނިފައިވާއިރު، މުހައްމަދު ފާރިޝްގެ ހަށިގަނޑުން 10 ގްރާމް ހުރި އެއް ރަބަރު ބުލެޓް ފެނިފައިވެއެވެ. މި ދެ މީހުންގެ ބަންދުގެ މުއްދަތަށްވެސް ކްރިމިނަލް ކޯޓުން ޖަހައިދީފައިވަނީ ފަސް ދުވަހެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވަނީ މި މައްސަލަތަކަކީ ރޭވިގެން ގުރޫޕު ހަދައިގެން ހިންގާފައިވާ އަމަލުތަކެއް ކަމަށް ބެލެވޭ ކަމަށެވެ. މި ހަތަރު މީހުންވެސް ވަނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދިފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

7 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy