ތަފާތު ބޮޑު ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށް ލިވަޕޫލުން ތާވަލުގައި 4 ޕޮއިންޓުގެ ލީޑެއް ނަގައިފި

ރޭގެމެޗުގައި ލިވަޕޫލުގެ ފޯވާޑުން ވަނީ ތަފާތު ދައްކާފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕަރ އާ ދެކޮޅަށް ކުޅެ 6-3 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ލިވަޕޫލުން ޕޮއިންޓު ތާވަލުގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ލިވަޕޫލަށް ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިގެން މި ދިޔައީ ތާވަލުގެ ދެވަނާގައި އޮތް ޗެލްސީން ރޭ ކުޅުނު މެޗުގައި އެވެޓަން އާއި ބައްދަލުކޮށް 0-0 ން އެއްވަރުވުމާއި ގުޅިގެންނެވެ. ރޭގެ މިނަތީޖާ ތަކާއި އެކު ލިވަޕޫލަށް މިހާރު ވަނީ 16 މެޗުން 39 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައިވާ ޗެލްސީ އަށް 17 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ފަރާތުން ލުއިސް ޑިއާޒް(2 ލަނޑު) ،މުހައްމަދު ސަލާ (2 ލަނޑު) ،އެލެކްސިސް މެކަލިސްޓަރ އަދި ޑޮމިނިކް ސޮބޮސްލާއީ ވަނީ ލަނޑު ޖަހާފައެވެ. ޓޮޓްނަމްގެ ފަރާތުން ޖޭމްސް މެޑިސަން، ކުލުސޭވްސްކީ އަދި ޑޮމިނިކް ސޮލާންކޭ ވަނީ ލަނޑު ޖަހާފައެވެ.

މި މެޗުގައި މުހައްމަދު ސަލާހު ވަނީ ޕްރިމިއާ ލީގުގެ ސީޒަނެއްގައި، އަހަރު ނިމުމުގެ ކުރިން، 10 ލަނޑު ޖަހައި، 10 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑު ޤާއިމުކޮށްފައެވެ. އޭނާ މިހާރު ވަނީ ލީގުގައި 15 ގޯލު ޖަހައި، 11 ގޯލު ޖަހަން ފުރުސަތު ހޯދައިދީފައެވެ.

މި މެޗުގައި ޓޮޓްނަމްގެ ސަޕޯޓަރުން ވަނީ އެ ކްލަބުގެ ވެރިންނާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން މެޗުގެ 24 ވަނަ މިނިޓުގައި ސަޕޯޓަރުން ވަނީ ކަޅު ކުލައިގެ ފުއްޕާހަންތަކެއް ދޫކޮށްލާފައެވެ. މިއީ މިހާރުގެ ވެރިން އެ ޒިންމާ އަދާކުރަމުންދާތާ 24 އަހަރު ވުމާ ގުޅިގެންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

37 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy