ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާދެއްވިކަން މުޢާޒް ވަނީ ސޯޝަލް މީޑިއާގައި ޙިއްސާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފޮނުއްވެވި ސިޓީއެއްގައި އިސްތިއުފާ ދެއްވި ސަބަބުތައް ބަޔާންކުރައްވާފައިވެއެވެ.
މުޢާޒް ވިދާޅުވެފައިވަނީ ކުންފުނީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކުންފުނި ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުންފުންޏާ ހަވާލުވިއިރު 4.3 ބިލިޔަން ރުފިޔާގެ ދަރަންޏެއް އޮތުމާއި، އެކަށީގެންވާވަރަށްވުރެ ގިނައިން ވަޒީފާ ހަމަޖައްސަން ޖެހުން ހިމެނެއެވެ. އަދި ކުންފުނި ރައިޓް ސައިޒްކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މި ގޮންޖެހުންތަކާއެކުވެސް ފާއިތުވި އެއް އަހަރު ދުވަހު ކުންފުނީގެ ހިންގުން ހަރުދަނާކޮށް ޚަރަދުކުޑަކުރަން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް މުޢާޒް ވިދާޅުވެފައިވެއެވެ. އެގޮތުން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 160 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހިންގުމުގެ ޚަރަދުން ސަލާމަތްކުރެވިފައިވާ ކަމަށް ފާހަގަކުރައްވާފައިވެއެވެ.
ނަމަވެސް މުޢާޒް ވިދާޅުވެފައިވަނީ ހިންގުމުގެ ޚަރަދު ސަލާމަތްކޮށްގެންވެސް މިހާރު އެ ކުންފުނި ވެއްޓިފައިވާ މާލީ ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނަވައިގެން ކުންފުނީގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ އަލިމަގެއް ނުފެންނާތީ އިސްތިއުފާ ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް