މުލީ އެއާޕޯޓުގެ ޓެސްޓް ފްލައިޓް މާޗް 1 ގައި ޖެއްސުމަށް މަސައްކަތް ކުރަނީ

މ. މުލީ އެއާރޕޯޓް

މުލަކަތޮޅު މުލީގައި ތަރައްޤީކުރަމުންދާ އެއަތޮޅުގެ ފުރަތަމަ ވައިގެ ބަނދަރުގެ މަސައްކަތް ނިންމައި މާރިޗު މަހުގެ 1 ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމަށް އަމާޒު ހިފާފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަފުޅުދައްކަވަމުން މުބީން ވިދާޅުވީ މިހާރު ކުރަމުންދަނީ އެއަރޕޯޓު ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތަކުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެއަރޕޯޓަށް ބޭނުންވާ ވެހިކަލާއި މެޝިނަރީއާއި ވަޞީލަތްތައް ހޯދުމުގެ އިތުރުން އޮފީސް ބައިގެ މަސައްކަތް ނިންމުމާއި އަލިފާން ނިއްވުމަށް މީހުން ނަގައި ތަމްރީންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މުލީ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ. މުޅި މަޝްރޫޢު ނިންމާ ޚިދުމަތް ދޭން ފުރަތަމަ ޕްލޭންކުރީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތްތައް ވަނީ ލަސްވެފައެވެ. 1200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ އެއަޕޯޓުގެ މަޝްރޫޢަށް ސަރުކާރުން 221 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.

މުލަކަތޮޅަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ. އެހެންކަމުން މުލީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ އެ އަތޮޅުގެ ރައްޔިތުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢެކެވެ. މުލަކަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށް އޮންނައިރު، އަތޮޅުގެ އާބާދީ އުޅެނީ 8000 އިން ދަށުގައެވެ. މި އެއަރޕޯޓު ހުޅުވުމުން އެ އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ދިމާވާ އެތައް ދަތިތަކަކަށް ހައްލު ލިބިގެންދާނެއެވެ.

ކޮމެންޓް

team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

5 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

8 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

9 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

10 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

21 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

23 ގަޑިއިރު ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
team

ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy