ހަސަން ޒަރީރު
1917 ވަނަ އަހަރު އެކުލަވާލެވުނު ބަލްފޯ ޑިކްލަރޭޝަންއަކީ ފަލަސްތީން މައްސަލައިގެ ފެށުން ކަމަށާއި އެ ޑިކްލަރޭޝަނުން ބާރު ލިބިގެން އިސްރާޢީލް ނަމަކަށް ކިޔާ ޔަޙޫދީ ދައުލަތެއް އުފެދި ފަލަސްތީންގެ މުސްލިމުންނަށް އަނިޔާ ކުރަމުން އަންނަ ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ “ބާބު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޒަރީރު ވިދާޅުވީ، ދިވެހިން އަބަދުވެސް ތިބީ އަދި ތިބޭނީވެސް ފަލަސްތީނުގެ މުސްލިމުންނާއެކު ކަމަށާއި އެކަން ބަދަލު ކުރުމަށް މަސައްކަތް ކުރަނީ އިދިކޮޅު އެމްޑީޕީން ކަމަށެވެ.
އަދި ރާއްޖެއާއި އިސްރާއިލްއާ ފުރަަތަމަ ގުޅުން ޤާއިމު ކުރީ 29 އޮކްޓޯބަރ 1965 ގައި ކަމަށާއި އޭރު ފޮރިން މިނިސްޓަރަކަށް ހުންނެވީ ކެރެފާ ނަސީމް ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
އިސްރާޢީލްގެ ސަފީރެއް އެންމެ ފުރަތަމަ ރާއްޖެއައީވެސް ހަމަ އެއަހަރު ކަމަށާއި މިކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާން ޖެހޭ ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
“1974 ގައި އަނެއްކާވެސް އަޅުގަނޑުމެން އިސްރާޢީލްއާ ގުޅުން ކަނޑާލީ. އޭރު ވެރިއަކަށް ހުންނެވީ އިބްރާހިމް ނާސިރު. މި ގުޅުން އަނެއްކާވެސް އިޢާދަވެގެން ދިޔައީ އެމްޑީޕީ ވެރިކަމުގައި 2008 ގައި .. ޤަބޫލުކުރިޔަސް ނުކުރިޔަސް މިއީ ހަޤީޤަތް” ޒަރީރު ވިދާޅުވިއެވެ.
2009 ވަނަ އަހަރު 21 މާއްދާގެ މައްޗަށް ހިމެނޭ އެއްބަސްވުމެއްގައި އިސްރާއިލްއާއެކު ސޮއިކޮށްފައިވާ ކަމަށާއި ދިވެހިންގެ ހިތުގައި އިސްރާޢީލާމެދު އޮތް ނަފުރަތު ބަދަލުކުރުމަށްވެސް ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމާއި ގުޅިގެން ރާއްޖޭގައި އިސްރާއީލް ޕާސްޕޯޓް މަނާ ކުރި ހަބަރު ދުނިޔޭގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ.
ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކުރީ މިއަދެވެ. އެ ބިލު ތަސްދީގު ކުރައްވައި، މީގެ ކުރިން އެއްވެސް ރައީސަކަށް ކެރިވަޑައިނުގެންނެވި ނިންމެވުމެއް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިވަނީ ނިންމަވައިފައެވެ.
މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖޭން ފިޔަވަޅުއެޅުމުގެ ގޮތުން، ރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ. މީގެ އިތުރުން، އެހެން ގައުމެއްގެ ޑުއަލް ސިޓިޒަނެއް ނަމަވެސް އެއީ އިސްރާއީލުގެ މީހެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެންޏާ އެ މީހަކު ރާއްޖެ ނުވައްދާނެއެވެ.
ރައީސް، މި ބިލު ތަސްދީގު ކުރެއްވި ހިސާބުން، ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ބައެއް ނޫސްތަކުގައި ރާއްޖޭގައި އިސްރާއީލް ޕާސްޕޯޓް ބޭނުން ކުރި ހަބަރު ވަނީ ޝާއިރުކޮށްފައެވެ. މީގެ ތެރޭގައި "އާރްޓީ"، "އަލްޖަޒީރާ"، "މިޑުލް އީސް އައި"ގެ އިތުރުން އިސްރާއީލުގެ "ޓައިމްސް އޮފް އިސްރާއީލް" ވެސް ހިމެނެއެވެ.
މީގެ އިތުރުން ޓުވިޓާގައި ވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ގިނަ ބަޔަކު އަންނަނީ ރާއްޖޭން މިފަދަ ނިންމުމެއް ނިންމުމުން އެކަމަށް ތައުރީފު ކުރަމުންނެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ކޮމެންޓް