ފުލުހުން އޮޕަރޭޝަނެއް ހިންގަނީ --
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ދެލި"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުޅުމާލޭ ނިރޮޅުމަގު 16 ނަމްބަރު ގޯޅިން ވަންވޭ އާ ހިލާފަށް ދިޔަ ސައިކަލެއް މިމަހުގެ ފަސް ވަނަ ދުވަހުގެ ހަވީރު 5:20 އެހާއިރު، ހުއްޓުވާފައިވާ ކަމަށެވެ.
އޭނާ ހުއްޓުވުމަށްފަހު، ޗެކްކުރި އިރު އެ ހުއްޓުވި އޮފިސަރާ ދިމާއަށް ވަޅިއެއް ދިއްކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ އޮފިސަރާ ދިމާއަށް ވަޅި ދިއްކުރި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރ. އަލިފުށި މަރީނާގެ، އައިޝަތު ނަސާޔާ، 30، އެވެ.
މަންޒަރު ދުށް މީހަކު މި ނޫހަށް މައުލޫމާތު ދެމުން ބުނިގޮތުގައި އެ އަންހެނާ ހުރީ ބޮލުގައި ފަލަސްތީނުގެ ދިދަ ރަމްޒުކޮށްދޭ ފޮތިގަނޑެއް ކަހަލަ އެއްޗެއް އޮޅައިގެންނެވެ. ބެލެވޭ ގޮތުގައި އޭނާ އުޅުނީ އެތަނުގައި ހުރި ސައުދީ އެމްބަސީ ތެރެއަށް ވަޅި ހިފައިން ވަންނާށެވެ.
އެއީ އިޒުރޭލަށް ވާގިވެރިވާ ހުޅަނގުގެ ގައުމު ތަކާ ސައުދީން ގުޅުން ބާއްވާތީ އެ ކަމާ ރުޅި އައިސްގެންނެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ފަހުމީގެ 27 އަހަރުގެ ހިދުމަތަށް ސްޓެލްކޯއިން ޝުކުރު ދަންނަވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި
ކޮމެންޓް