--
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުސައިން ފަހުމީ، ހުންނަވައިގެން ކޮށްދެއްވާފައިވާ ހިދުމަތަށް އެ ކުންފުނީގެ ފަރާތުން ޝުކުރު އަދާކޮށްފި އެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކުރީ އިއްޔެގަ އެވެ. އެހެނަސް، ފަހުމީ އެ މަގާމުން ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ހާމައެއް ނުކުރެ އެވެ.
މި ނިންމުމާއެކު ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަހުމީ އަކީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގެ އިތުރުން މުވައްޒަފެއްގެ ހައިސިއްޔަތުން އެކި މަގާމުތަކުގައި 27 އަހަރުގެ ދިގު މުއްދަތެއްގައި ކުންފުންޏަށް ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.
"27 އަހަރުގެ ދިގު މުއްދަތެއްގައި މި ކުންފުންޏަށް ކޮށްދެއްވާފައިވާ އިހުލާސްތެރި ހިދުމަތަށް ޓަކައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި އިސް ވެރީންނާއި އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ސްޓެލްގެ ޕޯސްޓުގައިވެ އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވެ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މ. ފަތަހަ، ފަހުމީ ކަނޑައެޅުއްވީ ނޮވެމްބަރު 28، 2023ގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ޖެނެރަލް މެނޭޖަރުކަމުގެ މަގާމުގަ އެވެ.
ފަހުމީ އަކީ އެ ކުންފުނީގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އެއް މުވައްޒަފެވެ.
މަގުތަކާއި އާއްމު ތަންތަން ދިއްލަން ޑޮމެސްޓިކް ރޭޓުން ބިލު ކުރަން ނިންމަވައިފި
ގައުމީ ތަރައްގީގެ ޕްލޭންގައި އެމްޑީޕީން ބައިވެރިނުވާނެ
މާފަރު ފަޅަކީ ފެރިދޫގެ ބައެއް ކަމުގައި ކަނޑައަޅުއްވައިފި
ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ސައުދީގެ ޔުނިވާސިޓީއަކުން ބައި ލައްކައަށްވުރެ ގިނަ ފޮތް
"ކަނބުލޮ"ގެ ދިރިއުޅުން ތަޙައްމަލެއް ނުވި، ވޭނާ އަސަރުގެ އިންތިހާ!
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި
ކޮމެންޓް