މޫމިން ފުއާދުގެ އަބަދަށް ފިލްމުގެ ޕޯސްޓަރެއް --
މަޝްހޫރު ޑައިރެކްޓަރު މޫމިން ފުއާދު ލިޔެ، ޑައިރެކްޓް ކޮށްފައިވާ ނޫރު އެން މޫވީސްގެ އައު ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ އިންތިޒާމް ހަމަޖައްސައިފި އެވެ.
މި އޭޕްރީލް 28 ވަނަ ދުވަހު އޮލިމްޕަހުގައި އަބަދަށް ފިލްމު ޕްރިމިއާ ކުރުމަށް ތައްޔާރު ވަމުން އަންނައިރު، ޒުވާން ބަތަލާ ވާޝިޔާ މުޙައްމަދާއި އަހުމަދު ޝާރިފް، ލީޑުރޯލުން ފެނިގެންދާ މި ފިލްމު ބަލައިލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފަ އެވެ.
އެހެންވެ، ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓް ވިއްކަން ފެށިތާ ހަ ގަޑިއިރު ތެރޭގައި ހުރިހާ ޓިކެޓެއް ވިކި ހުސްވީ އެވެ. އަދި ދެވަނަ ޝޯ އާއި ތިން ވަނަ ޝޯގެ ޓިކެޓު ވިކި ހުސްވެގެން އިތުރު ތިން ޝޯއަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ޝޯ ތަކުގެ ޓިކެޓު އޮލިމްޕަހުގެ ކައުންޓުން ގަންނަން ލިބެން ހުންނާނެ އެވެ.
ފިލްމުގެ ޕްރޮޑިއުސަރު ހުސެއިން ނުރައްދީން (ނޫރު) ނާސިރު ބުނީ މާލޭގައި އަބަދަށް ފިލްމުގެ ޝޯތައް ކުރިއަށް ގެންދާއިރު، ރަށްރަށުގައިވެސް އެ ފިލްމު އަޅުވަން ބޭނުން ނަމަ، ލަސްނުކޮށް މެސެޖު ކުރުމަށް އޭނާ އެދޭ ކަމަށެވެ.
މި ދުވަސްކޮޅު ހޮޓްލައިން ނަންބަރަށް ގުޅާއިރު، ގިނަ ފަހަރަށް ބިޒީވާނެތީ، ރަށްރަށުގައި ފިލްމު އެޅުވުމަށް ބޭނުންވާ ފަރާތްތަކުން، ފޯނު ކުރުމުގެ ބަދަލުގައި މެސެޖު ކުރުމަށް ވެސް ނޫރު ބުންޏެވެ.
"މޭލެ އާ އެއްކޮށް ނުވަތަ އެހެން ރޭރޭ ވެސް ރަށްރަށުގައި ފިލްމު އަޅުވަން ބޭނުންވާ ފަރާތް ތަކުން ހޮޓްލައިން ނަންބަރު 7447555 އަށް ގުޅުމުން ނުވަތަ ވައިބާ މެސެޖު ނޫނީ އެސް އެސް އެސް ކޮށްލުމުން އަޅުގަނޑުމެން ކޯލް ބެކް ކުރާނަން، މި ބަލަނީ ވީވަރަކުން ހުރިހާ ރަށަކަށްވެސް ފުރުސަތު ދެވޭތޯ،" ނޫރު ބުންޏެވެ.
އަބަދަށް ފިލްމުގެ ޓިކެޓެއް ވިއްކަނީ، 150 ރުފިޔާ އަށެވެ. މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އިސްމާއީ ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުޙައްމަދު އާއި ޝާރިފް އަހުމަދުގެ އިތުރުން ސޫޒަން އިބްރާހީމްފުޅެވެ.
މި ފިލްމުގެ ޕްރޮޑަކްޝަން ހުރިހާ މަސައްކަތްތަކެއް މިފަހަރު ކޮށްފައި ވަނީ މިވަގުތު ރާއްޖޭގެ ފިލްމީ ދާއިރާގައި ފިޔަ ޖަހަމުން އަންނަ ޕްރޮޑަކްޝަން ހައުސް އޯކޭޒް އިންކިންނެވެ. އަދި ފިލްމުގެ ސިނަމެޓޯގްރެފީ ބެލެހެއްޓީ ދާއިރާއިން ތަޖުރިބާ ހާސިލު ކޮށްގެން ހުރި ކުޅަދާނަ ކެމެރާމަން ކަނޑި އިބްރާހިމް ވިސާން އެވެ.
މޫމިން ފުއާދު ޑައިރެކްޓް ކޮށްފައިވާ ކާމިޔާބު ފިލްމު ތަކުގެ ތެރޭގައި ހޭލާ، އާއި ލޫދިފާ، ހޭޕީ ބާތުޑޭ އަދި ނިވައިރޯޅި ފާހަގަކޮށްލެވެ އެވެ.
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ
އެޗުއާރުސީއެމްގެ މެމްބަރު ކަމަށް ދެ ބޭފުޅަކު ކަނޑައަޅުއްވައިފި
ފުލުހުންގެ އޮފިސަރަކާ ދިމާއަށް ވަޅި ދިއްކުރި އަންހެނަކު ހައްޔަރުކޮށްފި
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި
މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ
ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި
މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ
ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ކޮމެންޓް