ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި

ރާއްޖޭގެ ގައުމީ ޓީމް އުފާ ކުރަނީ --

ސްރީލަންކާގައި މިހާރު ކުރިއަށްދާ ''ސައުތު އޭޝިއަން ސުޕަ ކަޕް 2025'' ގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވާ މަރުހަބާ ވިދާޅުވެ ހިތްވަރުދެއްވައިފި އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަށް ރައީސް ޑރ. މުއިއްޒު މިއަދު ހެނދުނު ފޯނުން ގުޅުއްވާ މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ގައުމީ ޓީމް ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް މެޗްތަކުގައި ކާމިޔާބީ ހޯދުމަށް ހިތްވަރާއިއެކު މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ފުޓްބޯޅައިގައި ދިވެހި ގައުމަށް ރަން ވަނަތަކެއް ހޯދައިދިނުމަށް ގައުމީ ޖޯޝާއިއެކު މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެނެނެވި އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނީ ރައީސް ޑރ. މުއިއްޒު ޓީމަށް ގުޅުއްވާ މަރުހަބާ ވިދާޅުވުމަކީ ޓީމަށް ލިބުނު އިތުރު އުފަލަކާ ހިތްވަރެއް ކަމަށެވެ.

އަދި ރައީސް އެދިވަޑައިގެންނެވި ގޮތަށް ދިވެހި ފުޓްބޯޅައަށާއި ރައްޔިތުންނަށް ޓަކައި ފުޓްބޯޅައަށް ރީތިނަން ހޯދައިދިނުމަށް ކުރިއަށް އޮތް މެޗްގައި އިތުރަށް ހިތްވަރުކޮށް، ޓީމްގެ އުއްމީދަކީ ތަށި ކާމިޔާބު ކުރުން ކަމަށް ވެސް ކޯޗް މޯހަން ބުންޏެވެ.

ކުރިން ރާއްޖޭގައި އޮންނަ ފުޓްބޯޅައިގެ ފޯރި އަލުން ގެނެސް، ފުޓްބޯޅަ ކުރިއަރުވާ ތަރައްގީކޮށް އަލާ ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެ އިތުރުން މާލެއާއި އަތޮޅުތަކުގައި ކުޅިވަރު ތަރައްގީ ކުރުމަށް ތަފާތު ވަސީލަތްތައް ސަރުކާރުން ދަނީ ގާއިމުކުރަމުންނެވެ.

ކޮމެންޓް

team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ގަޑިއިރު ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

3 ގަޑިއިރު ކުރިން
team

ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި

4 ގަޑިއިރު ކުރިން
team

މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ

5 ގަޑިއިރު ކުރިން
team

މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ

7 ގަޑިއިރު ކުރިން
team

ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

9 ގަޑިއިރު ކުރިން
team

ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި

9 ގަޑިއިރު ކުރިން
team

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި

22 ގަޑިއިރު ކުރިން
team

ޑުރަގާއެކު ހައްޔަރުކުރި ފުލުސް އަންހެނާ ވަޒީފާއިން ވަކި ކުރަނީ

1 ދުވަސް ކުރިން
team

އުނގޫފާރު ހޮސްޕިޓަލްގައި އެމްސީޖީއެޗުގެ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް

1 ދުވަސް ކުރިން
team

މީޑިއާ ބިލުން އެއްވެސް ނޫސްވެރިއެއްގެ އަޑު ކަނޑުވައެއް ނުލާނެ: ސިނާން

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy