ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގެ ބައެއް ކުޅުންތެރިންނާއެކު ރައީސް ފޮޓޯއަކަށް ހުއްޓިވަޑައިގެން --
"ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025" ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.
ކުޅިވަރު އެކުވެނި، ބެޑްމިންޓަން ހޯލްގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި މި މުބާރާތުގެ ފައިނަލް ދެ މެޗު އެމަނިކުފާނު ވަނީ ބައްލަވާލައްވާފަ އެވެ.
ފައިނަލް ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުގައި "މާލޭ" ޓީމާއި "އޭދަފުށީ" ޓީމް ވާދަކޮށްފައިވާއިރު، ދެ ވަނަ މެޗުގައި ވާދަކޮށްފައިވަނީ "ހުޅުދޫ ބޯއީ" އާއި "އިންޑިއާ" އެވެ.
މި ރަސްމިއްޔާތުގައި މި މުބާރާތުގެ، ޗެމްޕިއަނުންނަށް އިނާމާއި، ހަނދާނީ ލިޔުމާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުއިއްޒެވެ.
މީގެ އިތުރުން، އަންހެން ސްޕެޝަލް އޮލިމްޕިކްސް ސިންގަލްސް އާއި ފިރިހެން ސްޕެޝަލް އޮލިމްޕިކްސްއަށް މެޑެއްޔާއި ޓްރޮފީ ހަވާލު ކުރުންވެސް އޮތެވެ. އަދި، "ސްޕެޝަލް އޮލިމްޕިކްސް ސިންގަންލްސް" ގައި ބައިވެރިވި ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން، މެޑެއްޔާއި ޓްރޮފީ ވެސް ވަނީ ދީފަ އެވެ.
ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ދިވެހިންނަށް އޮތް ފުރުސަތުތައް އިތުރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ހިންގަގަވަން ފަށްޓާފަ އެވެ.
އެގޮތުން ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމާއި، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރު ދަނީ ތަންފީޒު ކުރަމުންނެވެ.
ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި
ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި
މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ
ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި
މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ
ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި
ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި
ޑުރަގާއެކު ހައްޔަރުކުރި ފުލުސް އަންހެނާ ވަޒީފާއިން ވަކި ކުރަނީ
އުނގޫފާރު ހޮސްޕިޓަލްގައި އެމްސީޖީއެޗުގެ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް
މީޑިއާ ބިލުން އެއްވެސް ނޫސްވެރިއެއްގެ އަޑު ކަނޑުވައެއް ނުލާނެ: ސިނާން
ކޮމެންޓް