މީޑިއާ ބިލުން އެއްވެސް ނޫސްވެރިއެއްގެ އަޑު ކަނޑުވައެއް ނުލާނެ: ސިނާން

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން --

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ސަބަބުން އެއްވެސް ނޫސްވެރިއެއްގެ އަޑު ކަނޑުވައެއް ނުލާނެ ކަމަށާ އެއީ އެހެން ޑިމޮކްރެސީތަކުގައި ލިބިދޭ ހައްގުތައް ދިވެހިންނަށް ވެސް ލިބިދިނުމަށް ހުށަހެޅޭ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެ އެވެ.

ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިކަމުގެ ނަމުގައި ފަހަތުގައި ފިލައި ތިބޭ ސިޔާސީ އެކްޓިވިސްޓުން މަސައްކަތް ކުރަނީ މިނިވަން ކަމަކީ މީހުންނަށް ފުރައްސާރަކޮށް، އަބުރާއި އިއްޒަތަށް އުނިކަން ގެނެސް، އަދި ދޮގު ފެތުރުމުގެ ހައްގު ކަމުގައި ދައްކަން ކަމަށެވެ.

ޒިންމާދާރުކަމެއް ނެތް މިނިވަން ކަމަކީ މިނިވަންކަމެއް ނޫން ކަމަށާއި އެއީ ހަމަ ހަމަނުޖެހުންކަން ފާހަގަ ކުރައްވާ ސިނާން ވިދާޅުވީ އެ ކުރެވޭ ކަމަކީ އާންމު ރައްޔިތުންނާއި އާއިލާތައް ބުހުތާނު ދޮގު ހަދާ މީހުންގެ ކިބައިން ރައްކާތެރިކަން ނެތް ގޮތަށް ދޫކޮށްލެވެނީ ކަމަށެވެ.

ސިނާން ވިދާޅުވީ ދުނިޔޭގެ ޒިންމާދާރު ޑިމޮކްރެސީތަކުގައި ވެސް ދޮގު ހަބަރު ލިޔެގެން އާންމު ރައްޔިތުން ބަދުނާމުކުރާ ކުރުމުން ސަލާމަތްކޮށްދީ، ހަގީގަތް ހާމަ ކުރުވާ ހިމާޔަތް ކުރުމުގެ ގޮތުން މީޑިއާ ގާނޫނުތައް ތައާރަފުކޮށްފައިވާ ކަމަށެވެ.

"މީޑިއާ ބިލު ވެސް މި އުސޫލުގެ މަތިން އެކުލަވާލެވިފައިވާ އެއްޗެއް، މި ބިލު ފަރުމާ ކުރެވިފައިވަނީ އާންމުންގެ ގަދަރާއި ކަރާމާތް ހިމާޔަތް ކުރުމަށާއި، އާއިލާތައް ނުބައި ނުލަފާ ދޮގުތަކުން ސަލާމަތް ކުރުމަށާއި، އަދި ނޫސްވެރިކަމުގެ ހިދުމަތް ތެދުވެރިކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަށަވަރުކުރުމަށް،" ސިނާން ވިދާޅުވި އެވެ.

ސިނާން ވިދާޅުވީ މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލު ލަސްނުކޮށް ފާސް ކުރުމަކީ މުޖުތަމައު ހިމާޔަތް ކުރުމާއެކު ޑިމޮކްރަސީ ރައްކާތެރިކޮށް، އަދި ދިވެހި ރައްޔިތުންގެ މުސްތަގުބަލު ޔަގީން ކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

މީޑިއާ ބިލް މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ.

މި ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރަން މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

ކޮމެންޓް

team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ގަޑިއިރު ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

3 ގަޑިއިރު ކުރިން
team

ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި

4 ގަޑިއިރު ކުރިން
team

މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ

5 ގަޑިއިރު ކުރިން
team

ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި

6 ގަޑިއިރު ކުރިން
team

މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ

7 ގަޑިއިރު ކުރިން
team

ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

9 ގަޑިއިރު ކުރިން
team

ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި

9 ގަޑިއިރު ކުރިން
team

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި

22 ގަޑިއިރު ކުރިން
team

ޑުރަގާއެކު ހައްޔަރުކުރި ފުލުސް އަންހެނާ ވަޒީފާއިން ވަކި ކުރަނީ

1 ދުވަސް ކުރިން
team

އުނގޫފާރު ހޮސްޕިޓަލްގައި އެމްސީޖީއެޗުގެ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy