މަހުގެ އެކްސްޕޯޓް 88.8 ޕަސެންޓް އިތުރުވެއްޖެ

ފެލިވަރުގެ މިފްކޯ މަސް ފެކްޓްރީ: ފޮޓޯ/ މިހާރު

މި އަހަރުގެ ފުރަތަމަ ހަތް މަހު ރާއްޖެއިން މަސް އެކްސްޕޯޓުކުރި މިންވަރު އިތުރުވެއްޖެ އެވެ.

އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ރާއްޖެއިން 52،763 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވެ އެވެ. މިއީ 88.8 ޕަސެންޓުގެ އިތުރު ވުމެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައި ވަނީ 27،950 މެޓްރިކްޓަނުގެ މަހެވެ.

ފިނިކުރި ތާޒާ ކަނޑު މަހުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަތް މަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 47،902 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 23،234 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުގައި ވުމުން މިއީ 106.2 ޕަސެންޓުގެ އިތުރު ވުމެކެވެ.
މީގެ އިތުރުން ކަނޑުމަސް ނުހިމަނާ ފިނިކުރި ތާޒާ މަހުގެ ގޮތުގައި 430 މެޓްރިކްޓަނުގެ މަސް މި އަހަރުގެ ފުރަތަމަ ހަތް މަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 391 މެޓްރިކް ޓަނުގެ މަހެވެ. މިއީ 10 ޕަސެންޓުގެ އިތުރު ވުމެކެވެ.

މި އަހަރުގެ ފުރަތަމަ ހަތް މަހު ޕްރޮސެސްކޮށްގެން 895 މެޓްރިކްޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވާއިރު މިދިޔަ އަހަރު މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 572 މެޓްރިކްޓަނުގެ މަހެވެ. މިއީ 65 ޕަސެންޓުގެ އިތުރު ވުމެކެވެ.

ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓް ކުރި މަހުގެ އަދަދު މި އަހަރުގެ ފުރަތަމަ ހަތް މަހު ދަށްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެ ގޮތުން ދަޅުގައި ބަންދުކޮށްގެން މި އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 3536 މެޓްރިކް ޓަނުގެ މަހެވެ.

މިދިޔަ އަހަރު މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 3752 މެޓްރިކްޓަނުގެ މަހެވެ. އެހެންކަމުގައި ވުމުން މިއީ މިދިޔަ އަރަހާ އަޅާބަލާއިރު 5.8 ޕަސެންޓުގެ ދަށްވުމެކެވެ.

ކޮމެންޓް

team

ވީއައިއޭގެ ފުލް ސްކޭލް އެކްސަސައިޒާ ގުޅިގެން ބުރިޖުގެ ޓްރެފިކަށް ބަދަލު ގެންނަނީ

1 ގަޑިއިރު ކުރިން
team

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ސަމާހު އައްޔަންކޮށްފި

3 ގަޑިއިރު ކުރިން
team

ސްޓެލްކޯގެ އެމްޑީ ފަހުމީ މަގާމުން ދުރުކޮށްފި

4 ގަޑިއިރު ކުރިން
team

ރާއްޖޭގެ ގައުމީ ޓީމަށް ގުޅުއްވާ ރައީސް ހިތްވަރު ދެއްވައިފި

6 ގަޑިއިރު ކުރިން
team

މިރޭ ހިފާ ހަނދުކޭތަ ރާއްޖޭގެ ހުރިހާ ހިސާބަކަށް ފެންނާނެ

7 ގަޑިއިރު ކުރިން
team

ސީއެސްސީގެ މެމްބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

9 ގަޑިއިރު ކުރިން
team

ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި

9 ގަޑިއިރު ކުރިން
team

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

21 ގަޑިއިރު ކުރިން
team

ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށްފި

22 ގަޑިއިރު ކުރިން
team

ޑުރަގާއެކު ހައްޔަރުކުރި ފުލުސް އަންހެނާ ވަޒީފާއިން ވަކި ކުރަނީ

1 ދުވަސް ކުރިން
team

އުނގޫފާރު ހޮސްޕިޓަލްގައި އެމްސީޖީއެޗުގެ މަލްޓި-ސްޕެޝަލިޓީ ހެލްތު ކޭމްޕެއް

1 ދުވަސް ކުރިން
team

މީޑިއާ ބިލުން އެއްވެސް ނޫސްވެރިއެއްގެ އަޑު ކަނޑުވައެއް ނުލާނެ: ސިނާން

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy