ޕީއެންސީ ހަރުގެ ޖަލްސާއެއްގެ ތެރެއިން --ދިޔަރެސް ފޮޓޯ
ވެރިކަން ކުރާކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާއެއް މާދަމާ ރޭ "ޕީއެންސީ ހައުސް" ގައި އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މި ޖަލްސާ ކޮންގްރެސް ހައުސް، ހ. ވެޔޮވިލާ، ގައި ބެއްވުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 8:45 ގަ އެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާކަން އަދި ސާފެއް ނުވެ އެވެ.
"ލޮބުވެތި މެންބަރުން މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށް އެދި ދައުވަތު އަރުވަން،" ޕީއެސްސީގެ ދައުވަތުގައިވެ އެވެ.
ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނީ މާލޭ ރަށްވެހީންނަށް ގޯތި ދޭން ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ހައްގުނުވާ ބަޔަކަށް ގޯތިިތަކެއް ދިން މައްސަލަ އަށެވެ.
މި މައްސަލައިގައި ސަރުކާރަށް ފާޑުކިޔުން އިތުރުވެފައިވަނިކޮށް، ޕީއެންސީން ހޯމަ ދުވަހުގެ ރޭ ބާއްވާ މި ޖަލްސާގައި އެ ހުރިހާ ކަމަކަށް ރައްދު ދޭނެ ކަމަށް ބެލެވެ އެވެ.
އޭގެ އިތުރުން ކޮރަޕްޓް ވެރިން މަގާމު ތަކުން ދުރުކުމާ އެކު ވައްކަމާ ދެކޮޅަށް މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފަށައިގެން ގެންގުޅެމުން އަންނަ ހަރުދަނާ ސިޔާސަތުތައް ތަކުރާރު ކުރާނެ ހެން ހީވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް