ބިއުޓިފުލް ބުލޫ މައިކަޕް: އުލިގަމުން އެ ދިނީ ވަރުގަދަ މެސެޖެއް

މިއަދުގެ މެޗްގެ ތެރެއިން

ކްލަބް ޕޯލްސްޓާއިން އިންތިޒާމުކޮށްގެން ބޮޑުތިލަދުންމަތީގައި ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް “މައިކަޕް”ގެ ތިންވަނަ މެޗުގައި ބީބީ ބްރަދާސްގެ މައްޗަށް އުލިގަމުން ކުރި ހޯދައިފިއެވެ. ބޮޑުތިލަދުންމަތީގައި ފުޓުބޯޅައިގެ ގަދަ ބާރަކާ ދެކޮޅަށް ނިކުމެ އުލިގަމުން މި ހޯދި ކާމިޔާބީ އަކީ މި މުބާރާތުގައި ކުރިއަށް ދިއުމަށް އެ ޓީމަށް ލިބުނު ވަރަށް ބޮޑު ހިއްވަރެކެވެ.

މެޗްގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގައި ކާމިޔާބު ކުރީ އުލިގަމުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޮޅިވަރަމްގެ ބީބީ ބްރަދާސްއިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ.

އުލިގަމުން ނަތީޖާ ބަދަލު ކުރީ މެޗްގެ ފަހު ހާފުގައެވެ. މި މެޗްގައި އުލިގަމުން ފެނުނު ދެ ލަނޑު ކާމިޔާބު ކޮށްދިނީ އަޙްމަދު ޔާސިރު އާއި ޔާމީން ޢަބްދުލްބާރީއެވެ. މިއީ ދެބެންނެވެ.

މި މެޗްގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ދެ ޓީމަށްވެސް ލިބިގެންދިޔައެވެ.

މިއަދު ހަވީރު ކުޅުނު މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ އުލިގަމުގެ ޖާރޒާި ނަންބަރު 11 އަޙްމަދު ޔާސިރުއެވެ.

މި މުބާރާތުގައި އުލިގަމުން ކުޅޭ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ހއ ދިއްދޫއާ ދެކޮޅަށެވެ. މިއަދުގެ މެޗްގައި އުލިގަމުގެ ކުޅުންތެރިއަކަށް ރީނދޫ ކާޑެއް ދައްކާފައިވާއިރު ދެ ކުޅުންތެރިއަކަށް ފިޓްނަސްގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ.

ބޮޑުތިލަދުންމަތީގެ އެންމެ ޝަރަފުވެރި މުބާރާތް، މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. 2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ.  މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ.

ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy