މައުރޫފް ޖަމީލަކީ ވަރަށް އިތުބާރު ކުރާ ފުލް އިންޓަގްރިޓީ ހުރި ބޭފުޅެއް: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު --

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު ހަމަޖެއްސެވި ކުރީގެ މިނިސްޓަރު މުޙައްމަދު މައުރޫފް ޖަމީލަށް އިތުބާރު އެބައޮތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ބޭރުގައި ހުންނަވައި މިއަދު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއްވެސް މުއައްސަސާއެއްގައި ކޮރަޕްޝަނަށް ފުރުސަތު އޮންނާކަށް ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އެފަދަ ކަންކަން ކުރާ ފަރާތަކަށް އެމަނިކުގެ ސަރުކާރުން ކުޑަވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ.

އޭގެ އިތުރުން އެޗްޑީސީއަށް މިގެނައި ބަދަލުން ކުރިއަށް އޮތް ތަނުގައި ހުރިހާ ކަމެއްވެސް ރަނގަޅު މަގުން ގޮސް ކަންކަން ފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކުރީގެ މިނިސްޓަރު މައުރޫފް ޖަމީލަކީ އަޅުގަނޑު ވަރަށް އިތުބާރު ކުރާ ފުލް އިންޓަގްރިޓީ ހުރި ބޭފުޅެއް. ފުލް ކޮމިޓްމެންޓާއި ޕްރޮފެޝަނަލިޒަމްއާ އެކު މަސައްކަތް ކުރައްވާ ބޭފުޅެއް،" ރައީސް ވިދާޅުވި އެވެ.

ހުރިހާ ފަރާތެއްގެ އެއްބާރުލުން ލިބޭ ނަމަ، ގައުމުގެ ކަންކަން ރަނގަޅަށް ގެންދެވޭނެ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެންމެންގެ ނިޔަތަކަށް ވާންވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ރައްޔިތުންނަށް ކަންތައްތަކެއް ވޭތޯ ބެލުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ އޮންނަ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް މީހަކަށް ކަމެއް ކޮށްދެވިގެން ނުވާނެ ކަމަށާއި ކަންކަން ކުރާން ޖެހޭނީ ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

"އެއްގޮތަކަށްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫން ކަނޑައެޅިފައިވާ އުސޫލު ތަކާއި ގަވާއިދުތަކާ ހިލާފަށް މީހަކަށް ގޯއްޗެއް ދިނުން، ނޫނީ ފުލެޓެއް ދިނުން، ނޫނިއްޔާ އެއްވެސް އެއްޗެއް ދިނުމަކީ ނޫނީ ނުދިނުމަކީ ވެސް. އެކަންކަން ހަމަޖެހިފަ އޮންނަ ގޮތަށް ކުރަން ޖެހޭނީ،" ރައީސް ވިދާޅުވި އެވެ.

ޕީއެސްއެމްގެ އައު މެނޭޖިން ޑިރެކްޓަރަކަށް މިއަދު ހަމަޖެއްސެވި މައުރޫފް ޖަމީލަކީ ރައީސް މައުމޫންގެ ސަރުކާރުގައި  ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހަމަ އެދުވަސްވަރު، ހުޅުމާލެ ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ ސީއީއޯގެ މަގާމު ވެސް އަދާކުރެއްވި އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

13 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy