އިމްގްރޭޝަން ކުރިއަށް ގެންދިޔަ ރެއިޑުގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަނުން ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓްތަކުގައި ރެއިޑް އޮޕަރޭޝަނެއް ހިންގައި، ގަވާއިދާ ޚިލާފަށް މަސައްކަތްކުރަން އުޅުނު ތިން ބިދޭސީއަކު ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި މި ރެއިޑް އޮޕަރޭޝަން އަމާޒުކޮށްފައިވަނީ ހިޔާ ފްލެޓްތަކުގައި ހިންގާ ވިޔަފާރިތަކަށެވެ. މި އޮޕަރޭޝަނުގައި އަށް ފިހާރައަކާއި ހަތަރު ކެފޭ/ރެސްޓޯރަންޓު/ބޭކަރީ އަދި ސެލޫނެއް ބަލައި ފާސްކޮށްފައިވެއެވެ.
މި ތަންތަނުގެ ތެރެއިން ދެ ތަނެއްގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަން އުޅުނު ތިން ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން މިހާތަނަށް 5،000 އަށްވުރެ ގިނަ މީހުން ވަނީ ޑީޕޯޓްކޮށްފައެވެ.
މީގެ އިތުރުން، ސާފުތާހިރުކަން ދަށްކޮށް ކާބޯތަކެތި ހަދައި ވިޔަފާރިކުރާ ތަންތަން ވެސް އިމިގްރޭޝަނުން އަންނަނީ ހުއްޓުވަމުންނެވެ.
މި ރެއިޑް އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާ ދެކޮޅަށް އިމިގްރޭޝަނުން ހިންގާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް