މައްސަލާގައި އިންޑިއާގެ ސަރުކާރުން ދައުވާ އުފުލާފައިވާ ފަރާތް
އިންޑިއާގެ ކޮލްކަތާގައި 31 އަހަރުގެ އަންހެން ޑޮކްޓަރެއް ރޭޕްކޮށް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 33 އަހަރުގެ ސަންޖޯއީ ރޯއި، ކޯޓުގައި ކުށަށް އިންކާރުކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ ލިބޭ ހަމައެކަނި މީހާއަކީ ވެސް ރޯއިއެވެ.
މިދިޔަ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު އާރް ޖޭ ކާރު މެޑިކަލް ހޮސްޕިޓަލުން ޑޮކްޓަރުގެ ހަށިގަނޑު ފެނުމާ ގުޅިގެން، އިންޑިއާގެ އެކި ކަންކޮޅުތަކުގައި ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައެވެ. ރޯއި ހައްޔަރުކުރީ ޑޮކްޓަރު މަރާލާފައި އޮއްވާ ފެނުނުތާ އެއް ދުވަސް ފަހުންނެވެ.
ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ރޯއި ބުނެފައިވަނީ އޭނާއަކީ ކުށްވެރިއެއް ނޫން ކަމަށާއި، އޭނާ ވަނީ ފްރޭމްކޮށްފައި ކަމަށެވެ. ކުށް ސާބިތުވެއްޖެނަމަ ރޯއިގެ މައްޗަށް މަރުގެ ހުކުމް އަންނާނެއެވެ.
މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފެށީ ނޮވެމްބަރު 11 ވަނަ ދުވަހެވެ. މިހާތަނަށް 50 އަށްވުރެ ގިނަ ހެކިންގެ ހެކިބަސް އަޑުއަހާފައިވެއެވެ. އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި ފަނޑިޔާރު 100 އަށްވުރެ ގިނަ ސުވާލު ކުރެއްވި ކަމަށާއި، އަޑުއެހުން ހަ ގަޑިއިރަށް ދިގުދެމިގެންދިޔަ ކަމަށް ރޯއިގެ ވަކީލު ވިދާޅުވިއެވެ.
މި އަނިޔާވެރި ޢަމަލާ ގުޅިގެން ކޮލްކަތާގެ ޑޮކްޓަރުން ވަނީ އެތައް ދުވަހެއް ވަންދެން ހަޅުތާލުކޮށްފައެވެ. މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް