ބިއުޓިފުލް ބުލޫ މައިކަޕް: އުލިގަމުގެ މުޅި ފޯކަސް ތިން ޕޮއިންޓަށް

ޓީމް އުލިގަން

ކްލަބް ޕޯލްސްޓާއިން އިންތިޒާމުކޮށްގެން ބޮޑުތިލަދުންމަތީގައި ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް “މައިކަޕް”ގެ ތިންވަނަ މެޗްގައި މިއަދު ހަވީރު ބައްދަލު ކުރާނީ ބީބީ ބްރަދާސް (ހދ ނޮޅިވަރަމް) އާއި ހއ.އުލިގަމެވެ.

ޒުވާން ޓީމަކާއެކު މުބާރާތަށް ނިކުންނަ އުލިގަމަކީ ފުޓުބޯޅައިގައި މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ޓީމެއް ކަމަށް ނުވި ނަމަވެސް މި މުބާރާތަށް އެ ޓީމުން ކުރާ އުއްމީދު ބޮޑެވެ.

IMG_3506.jpeg

2020 ވަނަ އަހަރު އެންމެ ފަހުން ބޭއްްވި މައިކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާރޓާ ފައިނަލްގައި އުލިގަމު ދިއްދުއާ ދެކޮޅަށް ކުޅުނެވެ. އެ މެޗް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ދިއްދުއެވެ. މިއީ އުލިގަމުން މައިކަޕްގެ މުބާރާތަކަށް ނިކުންނަ ދެވަނަ ފަހަރެވެ.

ހއ ކެލާގައި ދާދިފަހުން ބޭއްވި ތިލައުތުރު ފުޓްސަލް މުބާރާތުގައިވެސް އުލިގަމުން ވާދަ ކުރިއެވެ. ނަމަވެސް އެއްވެސް މެޗެއް ކާމިޔާބު ނުކުރެވި އުލިގަމަށް ޖެހުނީ މުބާރާތުން އަލްވަދާޢު ކިޔާށެވެ.

އެެހެންނަމަވެސް، މައިކަޕްގެ މި ފަހަރުގެ މުބާރާތަށް އުލިގަމުން ވަނީ ދުރާލާ ތައްޔާރުވެފައެވެ. ޓީމުގެ ތައްޔާރީތަކާ ގުޅޭގޮތުން ދެލި އޮންލައިން އަށް މަޢުލޫމާތު ދެމުން އެ ޓީމުގެ މެނޭޖަރ އަސަދުﷲ މުޙައްމަދު ބުނީ ޓީމް އޮތީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި މިއަދުގެ މެޗުން ބޭނުންވަނީ ތިން ޕޮއިންޓް ކަމަށެވެ.

އުލިގަމުގެ ޓީމަށް ބަލާއިރު ރަށުން ބޭރު ދެ ކުޅުންތެރިއަކު ހިމެނެއެވެ. އެއީ ލ.ގަމަށް ނިޞްބަތްވާ ކުޅުންތެރިއެއްގެ އިތުރުން ހދ ހިރިމަރަދުއަށް ނިޞްބަތްވާ ކުޅުންތެރިއެކެވެ.

IMG_3507.jpeg

ޓީމުގެ ތައްޔާރީތަކުގެ ތެރެއިން:

ބޮޑުތިލަދުންމަތީގެ އެންމެ ޝަރަފުވެރި މުބާރާތް، މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. 2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ.  މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ.

ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy