ކުރީގެ ސަރުކާރުން ދިން ބަދަލުތަކާ ގުޅޭ ޖިނާއީ ތަޙުޤީޤެއް ފަށަނީ

ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް

ކުރީގެ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދިނުމުގައި ޢަމަލުކޮށްފައިވާ ގޮތްތަކާ ގުޅޭ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގަވާފިއެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ޕީޖީ އޮފީހަށް ލިބިފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ. އެ ރިޕޯޓުގައި ދައުލަތުގެ މުދަލާއި ފައިސާ ޙައްޤުނުވާ ފަރާތްތަކަކަށް ދިނުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތު، ދައުލަތުގެ އިސް މަޤާމުތަކެއް އަދާކޮށްފައިވާ ބައެއްގެ މައްޗަށް ކޮށްފައިވެއެވެ.

އަދި ދައުލަތުގެ ބައެއް މުވައްޒަފުން ރަސްމީ ވާޖިބުތަކާ ޚިލާފަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައިވެއެވެ.

މި މައްސަލަތަކަކީ އޭސީސީން ތަޙުޤީޤުކުރުމުގެ ބާރު ލިބިފައިވާ މައްސަލަތަކެއް ކަމަށް ބުނެ، އަވަސް ތަޙުޤީޤެއް ހިންގުމަށާއި ތަޙުޤީޤުގެ ކުރިއެރުންތަކާ ގުޅޭގޮތުން ޕީޖީ އޮފީހާ މަޝްވަރާކުރުމަށް އޭސީސީއަށް އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލައިގައި ޖިނާއީ ތަޙުޤީޤެއް ހިންގަން އަންގާފައިވާއިރު، ބަދަލުގެ ގޮތުގައި ފައިސާ ދިނުމަށް ކުރީގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ބާޠިލުކޮށް، އެ ފައިސާ އަނބުރާ ހޯދުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

4 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

59 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy