އަލީ ރަމީޒު ޖަމިއްޔަތުއް ސަލަފުން އިސްތިއުފާ ދީފި

ސަލަފު ޖަމުއިއްޔާއިން އިސްތިއުފާ ދެއްވި ޢަލީ ރަމީޒު ބިން ޤާސިމް --

ދިވެހިން އިސްލާމް ދީނަށް ހޭލުންތެރިކުރުވުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ އަލީ ރަމީޒު، ޖަމިއްޔަތުއް ސަލަފުން އިސްތިއުފާ ދީފި އެވެ.

އަލީ ރަމީޒް މިކަން އިއުލާންކުރައްވާފައި ވަނީ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓް މެދުވެރިކުރައްވައެވެ. ސަލަފް އުފެއްދެވުމުގައި ވެސް އިސްކޮށް މަސައްކަތް ކުރެއްވި އަލީ ރަމީޒު އިސްތިއުފާ ދެއްވި ސަބަބު އަދި ހާމަކުރައްވާފައެއް ނުވެއެވެ. "ޖަމިއްޔަތުއް ސަލަފުން އަޅުގަނޑު އިސްތިއުފާ ދީފިން" ފެސްބުކު ޕޭޖުގައި ޢަލީ ރަމީޒު ލިޔުއްވާފައިވެއެވެ.

އަލީ ރަމީޒު ގިނަ ބަޔަކަށް ފުރަތަމަ ފާހަގަކުރެވުނީ މިއުޒިކްގެ ދާއިރާއިންނެވެ. އޭނާގެ ޒުވާން ދުވަސްވަރު، ދިވެހިންގެ ތެރެޔަށް ހިތްގައިމު ރީތި ގިނަ ލަވަތަކެއް ދޫކޮށްލައިފައިވެއެވެ. ނަމަވެސް، 2003 ވަނަ އަހަރު އޭނާ ވަނީ ލަވަކިޔުން ހުއްޓާލައިފައެވެ.

އަލީ ރަމީޒު ވިދާޅުވެފައިވަނީ ލަވަކިޔުން ހުއްޓާލީ މިއުޒިކް ކުޅުމާއި ލަވަކިޔުމަކީ ހަރާމްކަމެއްކަން އިތުބާރު ހުރި އިލްމުވެރިންގެ ބަސްފުޅުތަކުން ޝައްކެއް ނެތް މިންވަރަށް އެނގި ސާބިތުވުމުންނެވެ. އަދި އޭނާގެ މިއުޒިކީ ހަޔާތުގެ ލަވަތަކާއި ފޮޓޯތައް ފެތުރުމަކީ މިހާރު އޭނާއަށް ދެވޭ އަނިޔާއެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިހާރު އަލީ ރަމީޒު މަސައްކަތް ކުރައްވަނީ ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގައެވެ. އެގޮތުން ދީނީ ޕްރޮގްރާމްތައް ހުށަހަޅައި، ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ އެކި ޕްރޮގްރާމްތަކުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވައެވެ. އަދި ލަވަކިޔުން ހުއްޓާލުމަށްފަހު، ގިނަ އަދަދެއްގެ މަދަޙަ ކިޔާ މަދަހަ ސީޑީތަކެއް ވެސް ނެރުއްވާފައިވެއެވެ.

މިއަދުވެސް އަލީ ރަމީޒަކީ ދިވެހިރައްޔިތުންގެ މެދުގައި އެންމެ މަޤުބޫލް އެއް ސަޙްސިއްޔަތެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy