އެންވީކޭގެ ޕްރިންސް ލާބީ. މިއީ ގާނާއަށް ނިޞްބަތްވާ ކުޅުންތެރިއެއް
ކްލަބް ޕޯލްސްޓާއިން އިންތިޒާމުކޮށްގެން ބޮޑުތިލަދުންމަތީގައި ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް “މައިކަޕް”ގެ ދެވަނަ މެޗްގައި އެންވީކޭ އަދި ކުޅިމަގު ބައްދަލު ކުރި މެޗް 1-0 ގެ ނަތީޖާއަކުން އެންވީކޭ ކާމިޔާބު ކޮށްފިއެވެ.
ވާދަވެރި ކުޅުމެއް ކުޅުނު މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު އެންވީކޭއަށް ކާމިޔާބު ކޮށްދިނީ އެ ޓީމަށް ކުޅޭ ގާނާގެ ކުޅުންތެރިއެއް ކަމަށްވާ ޕްރިންސް ލާބީއެވެ. މެޗްގައި 74 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން މި ލަނޑާއެކު އެންވީކޭއަށް މިރޭ ލިބިގެން މި ދިޔައީ ވަރަށް މުޙިއްމު ތިން ޕޮއިންޓެވެ.
އެންވީކޭ - ފޮޓޯ: އަޙްމަދު ހޫދު
ކުޅިމަގަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބިގެން ދިޔަ މި މެޗްގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އެންވީކޭގެ 9 ނަންބަރު ޖާރޒީގައި ކުޅެން ނިކުތް ޕްރިންސް ލާބީއެވެ. މި މުބާރާތުގައި އެންވީކޭ ބައްދަލުކުރާ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހު ސެންސިޓީއާ ދެކޮޅަށެވެ. ކުޅިމަގު ބައްދަލު ކުރަންޖެހޭނީ މުބާރާތުގެ ފުރަތަމަ މެޗް ބޮޑު ތަފާތަކުން ކާމިޔާބު ކުރި ކުލަބް އިރާމާއާ ދެކޮޅަށެވެ.
ބޮޑުތިލަދުންމަތީގެ އެންމެ ޝަރަފުވެރި މުބާރާތް، މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. 2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ. މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ.
ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް