ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބް (ކ) އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް (ވ) —
ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބް، މަސައްކަތުން އެކަހެރި ކޮށްފި އެވެ.
ރަޖުނީ އަކީ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ހައްގުނުވާ ބަޔަކަށް ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ މައްސަލަ ތަހުގީގު ކުރާ ޓީމުގައި އިސްކޮށް ހިމެނޭ އޮފިސަރެކެވެ.
ވިނަރެސް ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓުގައި ރަޖުނީ އާއި އޭނާގެ އަންހެނުންގެ ނަން ނެތީސް، އެ ދެމީހުންނަށް ނުހައްގުން ފްލެޓް ދީފައިވާ ކަމަށް ބުނާ ޑޭޓާ ތަކެއް ވަނީ ސޯޝަލް މީޑިއާގައި އިއްޔެއިން ފަށައިގެން ދައުރުވާން ފަށާފަ އެވެ.
ރަޖުނީ މަސައްކަތުން އެކަހެރިކޮށް، ވަގުތީ ގޮތުން އެ މަގާމު އެހެން ފަރާތަކާ ހަވާލު މި ކުރީ އޭނާއަށް ކުރެވޭ ތުހުމަތުތައް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފައި ވަނިކޮށެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން އެކްސްގައި މިރޭ ވިދާޅުވީ ރަޖުނީ ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީ ގޮތުން މިހާރު އެހެން ފަރާތަކާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ އެ ބަދަލު ގެންނެވީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގައި މިހާރު ކުރަމުން އަންނަ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމަށާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެ ކަން ޔަގީން ކުރުމަށް ކަމަށެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް