14 އަހަރުވީ މުބާރާތް އޭގެ އެންމެ އުހަށް، މުޙައްމާ ބުނެދިނީ ރަށަށް އޮތް ލޯބި

މިރޭގެ ރަސްމިއްޔާތުގައި މުޙައްމާ ވާހަކަ ދައްކަނީ

“އަޅުގަނޑު އެދެނީ މި އިހަވަންދޫން ފުޓުބޯޅައިގެ ވިދުންގަދަ ތަރިންތަކެއް އުފެދުން. ބޮޑު އަގުގައި ގެންދާނެ ކުޅުންތެރިންތަކެއް އުފެދުން”- މައިކަޕްގެ 14 ވަނަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި އެ މުބާރާތުގެ ބާނީ، އިހަވަންދޫ އުސްހަކުރުގެ، މުޙައްމަދު ޢަބްދުﷲ (މުޙައްމާ) ވިދާޅުވީ މިހެންނެވެ.

ހަޤީޤަތުގައިވެސް ފުޓުބޯޅަ މުބާރާތެއް 14 އަހަރު ވަންދެން ކުރިއަށް ގެންދިއުމަކީ އާދައިގެ ކުޑަ ކަމެއް ނޫނެވެ. މައިކަޕަކީ މުޅި ބޮޑުތިލަދުންމަތީގައި ކުރިއަށްގެންދާ އެންމެ ޝަރަފުވެރި މުބާރާތެވެ. މިއީ ބޮޑު ތިލަދުންމަތީގައި ބާއްވާ އެންމެ އަގު ބޮޑު މުބާރާތްވެސް މެއެވެ.

IMG_3483.jpeg

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ ހުށަހެޅިފައިވާއިރު، ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހެޅިފައެވެ.

ބޮޑުތިލަދުންމަތީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް މިއަދު ފެށިފައިވާއިރު، ކުލަބް ޕޯލްސްޓާރ އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ ސަބަބުން މުޅި އިހަވަންދޫއަށް ވަނީ ކުޅިވަރުގެ ޢީދެއް އައިސްފައެވެ.

މުބާރާތުގެ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްފައިވާއިރު، މި މުބާރާތުގައި 6 ރަށަކުން ޖުމްލަ 9 ޓީމެއް ވާދަކުރެއެވެ. އެގޮތުން އިހަވަންދޫން ބޭރުން 5 ޓީމެއް ވާދަކުރާއިރު މިއީ މައިކަޕްގެ ތާރީޙުގައިވެސް ބާއްވާ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ މުބާރާތެވެ. މި މުބާރާތް މިހާ ކުލަގަދަކޮށް ކުރިއަށް މި ގެންދެވެނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަމަށާއި، އެ ހުރިހާ ފަރާތްތަކަށްވެސް އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރެއް ކަމަށް މި ނޫހާ ވާހަކަ ދައްކަވަމުން މުޙައްމާ ވިދާޅުވިއެވެ.

މިމުބާރާތް ކުރިޔަށްދާނީ، މިމުބާރާތުގައި ބައިވެރިވި 9 ޓީމް ދެ ގްރޫޕަކަށް ބަހާލައިގެން ލީގް އުސޫލުން ގްރޫޕް ސްޓޭޖްކުޅެ، ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

ގުރޫޕް އޭ:

  • ކްލަބް އިރަމާ

  • ސެން ސިޓީ

  • ކުޅިމަގު

  • އެންވީކޭ

ގްރޫޕް “ބީ”

ބީބީ ބްރަދާސް - ހދ.ނޮޅިވަރަން

  • އުލިގަން

  • ތުރާކުނު އާރު.ސީ

  • ހޯރަ ޔުނައިޓެޑް

  • ހީވެސްނުވޭ

މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ.  2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ.  މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ.

ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

51 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy