ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ފައިނަލަށް އޭދަފުށި ދަތުރުކޮށްފި

ހަމްޒާ މުޙައްމަދު (ހަމްޕު)

ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުގެ އަމާޒުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ނައިންޓީ ޕްލަސް ގޯލްޑްކަޕް 2024 ގެ ފައިނަލުގެ ފުރަތަމަ ޖާގަ ބ. އޭދަފުށިން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލަށް އޭދަފުށި ދަތުރުކުރީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މާލެ ސިޓީގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މެޗުގައި އޭދަފުށިން ތިން ލަނޑު ޖަހާފައިވަނިކޮށް މާލެ ސިޓީގެ ދެ ލަނޑު ޖަހާފައިވަނީ އޭގެ ފަހުންނެވެ. މެޗުގެ ފުރަތަމަ 30 މިނިޓުގެ ތެރޭގައި އޭދަފުށިން ވަނީ ތިން ލަނޑު ޖަހާފައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނިޓުގައި ކާމިޔާބުކުރީ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އިޝާން އިބްރާހީމް (ސައްޓު) ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީސް ހަމްޒާ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. މިއީ އައިހަމް އަހުމަދު ނަގައިދިން ހިލޭޖެހުމަކުން ބޮލުން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. ތިންވަނަ ލަނޑު ޖެހީ އިޝާން އިބްރާހިމް (ސައްޓު) އެވެ. މިއީ އެ ޓީމުގެ އަހްމަދު އައިހަމް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ރީބައުންސް ވެގެން އޭރިއާގެ ބޭރަށް ދިޔަ ވަގުތުގެ ފައިދާ ނަގައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މާލެ ސިޓީން ވަނީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު އަލީ ޝިޔާހު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އޭދަފުށީގެ ގޯލްކީޕަރު ޒިޔަޒަންގެ ބޯމަތިން ގޯލުގެ ތެރެއަށް އޮއްސާލައިގެންނެވެ. ދެވަނަ ލަނޑު 65 ވަނަ މިނިޓުގައި ކާމިޔާބުކުރީ ރިލްވާން ވަހީދެވެ. މިއީ އޭރިއާތެރެއިން މާލެ ސިޓީގެ އަހުނަފް މުހައްމަދު ތަސްނީމް އަށް އޭދަފުށީގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ކަވާލް އެލްވަނީ ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މުބާރާތުގެ ފައިނަލުގައި އޭދަފުށި ބައްދަލުކުރަން ޖެހޭނީ މިރޭ އަލިފުއްޓާއި އައްޑޫ ސިޓީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މިއީ މި މުބާރާތުގައި އޭދަފުށިން މާލެ ބަލިކުރި ދެވަނަ ފަހަރެވެ. ގުރޫޕް ސްޓޭޖުގައި ވެސް އޭދަފުށިން ވަނީ މާލެ ބަލިކޮށްފައެވެ.

މި މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރު މަތިކޮށް، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

10 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy