ބިއުޓިފުލް ބުލޫ މައިކަޕް: ނައިޖީރިއާގެ ކުޅުންތެރިއަކާއެކު ކުޅިމަގުން އެ ނިކުންނަނީ ތާރީހު ލިޔަން

ކުޅިމަގު ޓީމުގައި ހިމެނޭ ނައިޖީރިޔާގެ ކުޅުންތެރިޔާ

ކްލަބް ޕޯލްސްޓާއިން އިންތިޒާމުކޮށް ބޮޑުތިލަދުންމަތީގައި ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް “މައިކަޕް” މިއަދު ހަވީރު ފަށާފައިވާއިރު، ކުޅިމަގު މިރޭ އެ ޓީމުގެ ފުރަތަމަ މެޗަށް ނިކުންނަނީ އިހަވަންދޫގައި އެންމެ ކާމިޔާބު އެއް ޓީމް އެންވީކޭއާ ދެކޮޅަށެވެ.

ބޮޑު މުބާރާތެއްގައި ކުޅިމަގަށް މާ ބޮޑު ކާމިޔާބީއެއް ހޯދިފައިނުވި ނަމަވެސް މިފަހަރު ކުޅިމަގު އެ ނިކުންނަނީ މުބާރާތުގެ ޗެމްޕިއަން ޓްރޮފީ އުފުލާލުމާއެކު މައިކަޕްގެ ތާރީހުގައި އެ ޓީމުގެ ނަން ލިޔާށެވެ.

އެ ޓީމުގެ ޖާރޒީ ނަންބަރު 10 ގައި ދަނޑުމައްޗަށް މިރޭ ނިކުންނަ ކުޅުންތެރިއަކީ ނައިޖީރިޔާއަށް ނިޞްބަތްވާ ޖިމޯހް އިބްރާހިމް އެވެ. މީގެ އިތުރުން، އދ މަހިނބަދޫއަށް ނިޞްބަތްވާ ދެ ކުޅުންތެރިންވެސް ކުޅިމަގު ޓީމުގައި ހިމެނެއެވެ. އެއީ ޖާރޒީ ނަންބަރު 23 އަޙްމަދު ނާއިލް އާއި، ޖާރޒީ ނަންބަރު 4، ޤާސިމް ސަމާމް އެވެ.

IMG_3465.JPG

މީގެ އިތުރުން، 2019 ވަނަ އަހަރު ބޭއްވި މައިކަޕްގައި ހަމައެކަނި ގޯލް ޖަހައިދިން ކުޅުންތެރިޔާ، ހާމިދު ނަޝީދުވެސް މިފަހަރު ހިމެނެނީ ކުޅިމަގު ޓީމުގައެވެ. ޔުނަޓެޑް ޔޫތަށް އެ ފަހަރު މުބާރާތް ކާމިޔާބު ކޮށްދިނުމުގައި އެންމެ މުޙިއްމު ދަޢުރެއް އަދާކުރި 6 ކުޅުންތެރިން މިފަހަރުގެ މުބާރާތުގައި ފެންނާނީ ކުޅިމަގުންނެވެ.

މުބާރާތް ފެށުމުގެ 8 ދުވަސް ކުރިން ކުޅިމަގުގެ ފަރިތަކުރުންތައް ފެށިއިރު، މިއަދާ ހަމައަށް އައިއިރު ޓީމު އޮތީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

“މާގިނަ ވާހަކަތަކެއް ދެއްކުމެއް ނެތް. މިރޭގެ މެޗަށް ޓީމު ވަރަށް ބޮޑަށް ތައްޔާރު. ތިން ޕޮއިންޓް މިރޭ ބޭނުންވަނީ” ދެލި އޮންލައިންއާ ވާހަކަ ދައްކަމުން، އެ ޓީމުގެ މެނޭޖަރ ޢަބްދުލް މުޢީދު އިބްރާޙިމް ބުންޏެވެ.

IMG_3466.JPG

މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. 2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ.  މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ.

ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

41 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy