މާލޭގައި ފެންބޮޑުވުމުން 8 ގެއަކުން 32 މީހުން ބަދަލުކޮށްފި

މާލެއިން ފެން ހިއްދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރުން

މާލޭގައި ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 8 ގެއަކުން 32 މީހުން ވަގުތީ ހިޔާވަހިކަމަށް ބަދަލުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭގެ އެމަޖެންސީ މެނޭޖްމެންޓް ޑިރެކްޓަރ ފަރޫޝާ ޢަލީ ނަޞީރު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ގޭބިސީތަކުން ވެލިބަސްތާ ޖަހައިދިނުމަށް އެދިފައިވާ ކަމަށެވެ. މިގޮތުން 47 ގޭބިސީއެއްގައި 229 ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަރޫޝާ އިތުރަށް ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެކި ކަންކަމުގައި އެހީތެރިކަމަށް އެދި 101 ފޯނު ކޯލެއް ލިބިފައިވާ ކަމަށެވެ. އަދި އެ އިދާރާއިން ހެދި އެސެސްމެންޓުން ދިރިއުޅުމަށް ދަތިވެފައިވާ 12 ގޭބިސީއެއް ފާހަގަކުރެވިފައިވާ ކަމަށާއި ދިރިނޫޅެވޭވަރަށް ގެއްލުން ލިބިފައިވާ 8 ގޭބިސީއެއް ފާހަގަވި ކަމަށް ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށަށް ގެއްލުން ލިބިފައިވާ މިންވަރު ބެލުމަށް ރަށްރަށުގެ ކައުންސިލްތަކަށް ގުޅުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި، މީހުން ބަދަލުކުރަންޖެހޭ ވަރުގެ ގެއްލުމެއް ލިބިގެން އެއްވެސް ރަށަކުން އަދި މިހާތަނަށް ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.

މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވާއިރު، މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. މި ހާލަތުގައި ރައްޔިތުންނަށް އެހީތެރިވުމަށް ސަރުކާރުގެ އެ އެކި އިދާރާތަކުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

11 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy