އިރަމާ ޓީމުގެ ކޯޗް
ކްލަބް ޕޯލްސްޓާއިން އިންތިޒާމުކޮށް ބޮޑުތިލަދުންމަތީގައި ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް “މައިކަޕް” މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރަނީ 2016 އަހަރު އުފެދުނު ކުލަބު އިރަމާ އަދި ސެން ސިޓީ އެވެ.
މި މުބާރާތަށް ކުލަބު އިރަމާއިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާއިރު، އެ ޓީމުގައި އިޖިޕްޓަށް ނިޞްބަތްވާ ކުޅުންތެރިއަކުވެސް ހިމެނެއެވެ. މީގެ އިތުރުން މިހާތަނަށް އިހަވަންދޫގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުޙައްމަދު ސާނިއު (ސާންޓޭ)، އިބްރާހިމް ޝިފާޒް (ޝިފަރޭ)، ޙަސަން ޒަކީ، މުޙައްމަދު ރިޝްފާން (ރިޗަޑޭ)ގެ އިތުރުން މޫސާ ވަޙީދު ހިމެނެއެވެ. އަދި އިހަވަންދޫ ސުކޫލު ގުރޭޑް 10 ގައި ތަޢުލީމު ޙާސިލް ކުރަމުންދާ ދެ ދަރިވަރުން ކަމުގައިވާ ޙަސަން ނިޔާޒް އާއި ޙުސައިން ސުހާން ހިމެނެއެވެ. މިއީ އިހަވަންދޫގައި ފުޓުބޯޅައިގައި ވިދަމުން އަންނަ ދެ ކުޅުންތެރިންނެވެ.
ރިޗަޑޭ އަކީ މިހާތަނަށް އިހަވަންދޫގައި އުފެދުނު އެންމެ މޮޅު ގޯލް ކީޕަރެވެ.
މުބާރާތުގެ ފުރަތަމަ މެޗް މިއަދު ހަވީރު 4:00 ގައި އިހަވަންދޫ ޣާޒީ ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާއިރު، ޓީމުގެ ސަޕޯޓަރުންވެސް އަންނަނީ ޓީމަށް ސަޕޯޓުކުރުމަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ.
ޓީމުގެ ތައްޔާރީތަކާ ގުޅޭގޮތުން ދެލި އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން، އިރަމާ ޓީމުގެ މެނޭޖަރ މުޙައްމަދު ރަޝީދު ބުނީ މިއަދުގެ މެޗަށް ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރު ވެފައިކަމަށާއި، ޓީމުގެ އެއްވެސް ކުޅުންތެރިއެއްގެ އެއްވެސް އިންޖަރީއެއް ނެތް ކަމަށެވެ.
އިރަމާ ޓީމުގައި ހިމެނޭ މުޙިއްމު ކުޅުންތެރިނަށް ބަލާއިރު، ޙުސައިން ސިފާޢު ޔޫސުފް (ކޮރޯ) ހިމެނެއެވެ. ކޮރޯ އަކީ 10 އަހަރު އީގަލްސްއަށް އަދި 2 އަހަރު މާޒިޔާއަށް ކުޅެފައިވާ ތަޖުރިބާ ހުރި ކުޅުންތެރިއެކެވެ. މީގެ އިތުރުން މި ދެ ޓީމަށް ކުޅެފައިވާ އަހްމަދު ޝަމީމްވެސް އިރަމާގެ ސްކޮޑްގައި ހިނެނެއެވެ.
އިރަމާގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަނީ ޙުސައިން ފަޔާޒެވެ. ޙުސައިން ފަޔާޒުގެ އިތުރު ތަޢާރަފެއް އިހަވަންދޫ ރައްޔިތުން ބޭނުމެއް ނުވެއެވެ. ކުރުކޮށް ބުނާނަމަ ފަޔާޒް ކޯޗަކީ އިހަވަންދޫގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކޯޗެވެ. ފަޔާޒް އަކީ މައިކަޕްގެ އެންމެ ގިނަ ތަށި ނަގައިދީފައިވާ މޮޅު ކޯޗެކެވެ. އިހަވަންދޫ އިމަގު ޖަމްޢިއްޔާއިން ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތުގައި ސެންސިޓީއަށް ތަށި ނަގައިދިނުމުގައިވެސް އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ މެނޭޖަރ މޯޑު އާއި ކޯޗް ފަޔާޒެވެ.
މައިކަޕްގެ ބާނީއަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އެވެ. 2007 ވަނަ އަހަރުންފެށިގެން މިހާތަނަށް މައިކަޕްގެ 13 މުބާރާތެއް ބާއްވާފައިވާއިރު، މިއީ މިސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް މުބާރާތެވެ. މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ.
ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ. މިއަހަރުގެ މައިކަޕްގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމައިފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް