ގާޒާ ވަނީ އިންސާނީ ކާރިސާއަކާއި ކުރިމަތިވެފައި
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނަށް ސާފު ބޯފެން ލިބޭނެ މަގުތައް ބަންދުކޮށް، އެ މީހުން ބޯފެނުން މަޙްރޫމު ކުރުވުމަކީ ނަސްލު ނައްތައިލުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެއް ކަމުގައި ހިޔުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިޔު)ން ހާމަކޮށްފިއެވެ.
މި ޖަމުޢިއްޔާއިން ބުނެފައިވަނީ މިއީ 1948ވަނަ އަހަރުގެ ޖެނޮސައިޑް މުޢާހަދާއާ ޚިލާފަށް ހިންގަމުންދާ ނަސްލު ނައްތައިލުމުގެ ޖަރީމާއެއް ކަމަށެވެ.
2023 އޮކްޓޫބަރު 7 އިން ފެށިގެން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއްގެ ގެދޮރު ނެތިކޮށްލާފައެވެ. މީގެ އިތުރުން ހަސްފަތާލުތަކާއި މަދަރުސާތަކާއި އެހެން ޢުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. އަދި ކާބޯތަކެތިން މަޙްރޫމު ކުރުވުމަކީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅައިފައިވެއެވެ.
އެޗްއާރްޑަބްލިޔުން ބުނެފައިވަނީ ޣައްޒާގެ 2.3 މިލިޔަން މީހުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ބޭނުން ކުރާ ހޮޅިތައް ޔަހޫދީ ފައުޖުން ބަންދު ކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަށް ފޯރުކޮށްދެމުން ދިޔަ ކަރަންޓުގެ ޚިދުމަތަށް ހުރަސް އަޅާފައިވާ ކަމަށެވެ. މީގެ އިތުރުން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އަދި ޖަނަރޭޓަރުތައް ހިންގަން ބޭނުންވާނެ ތެޔޮ ޣައނެ ތެޔޮ ޣައްޒާއަށް އެތެރެ ކުރުމަށް ވެސް ޔަހޫދީން އޮތީ ހުރަސް އަޅާފައެވެ.
މި ޢުދުވާނުގައި މިހާތަނަށް 45,129 މީހުން ޝަހީދުވެފައިވާ ކަމަށް ބުނެވެއެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު، އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. އަދި 107,338 މީހުން ޒަޚަމު ކޮށްލާފައިވާ ކަމަށް ބުނެވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް