މިދުވަސްވަރަކީ އެއާޕޯޓަށް އެންމެ ބާރު ބޮޑު އެއްދުވަސްކޮޅު
އެއާޕޯޓު ބާރުބޮޑުވުމުގެ ސަބަބުން ފަސިންޖަރުން ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެއެވެ.
އެމްއޭސީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އުމްރާއަށް ދާ މީހުން ފުރާ ހަދާތީ، އެއާޕޯޓުގެ މަގުތަކާއި ޓާމިނަލްގައި ޓްރެފިކް ބާރު ބޮޑުވާނެ ކަމަށެވެ.
މި ސަބަބަށްޓަކައި، ފުރުމުގެ ތިން ގަޑިއިރު ކުރިން ފަސިންޖަރުން އެއާޕޯޓަށް އައުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެއާޕޯޓަށް އައުމަށްފަހު، އެއާޕޯޓު މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް ވަނީ އެދިފައެވެ.
މި ދުވަސްވަރު އެއާޕޯޓު ބާރުވާން ދިމާވާ އެއް ސަބަބަކީ މިއަހަރުގެ ދެވަނަ ޓާމުގެ މިޑް ޓާމް ބްރޭކަށް ގޮސް ސުކޫލުތައް ބަންދުވެފައިވުމެވެ. މީގެ ސަބަބުން ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.
ހަމައެއާއެކު، މިހާރު ފަތުރުވެރިކަމުގެ ސީޒަންތެރޭގައި ވުމާއެކު، ރާއްޖެއިން ބޭރުން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް އިތުރުވާނެކަމަށް ލަފާކުރެވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ދަތުރުތައް ކުރާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.
އެމްއޭސީއެލްއިން މި އިލްތިމާސް ކޮށްފައިވަނީ މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، އެއާޕޯޓުގެ ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށާއި، ފަސިންޖަރުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމުގެ މަޤްޞަދުގައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް