ފެންބޮޑުވުމާއި ގުޅިގެން ސިފައިން ހަރަކާތްތެރި ވަނީ
މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ އާންމުންނަށް ދަތިތަކާ ކުރިމަތިވެއްޖެއެވެ.
އިއްޔެއިން ފެށިގެން މާލެއަށް އަންނަނީ މެދުނުކެނޑި ވާރޭ ވެހެމުންނެވެ. މުޅި މާލޭގައި ފެންބޮޑުވެ އާންމުންނަށާއި ދަތުރުފަތުރަށް ވަނީ ދަތިވެފައެވެ.
މާލޭގެ އެކި ސަރަޙައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ބައެއް ގޭބީސީތަކާއި ފިހާރަތަކަށްވެސް ވަނީ ފެންވަދެފައެވެ. އަދި ބައެއް ތަންތަނުގައި ވަނީ ވެލިބަސްތާ ޖަހާފައެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފުން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވިގޮތުގައި، ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ފެން ހިންދުމުގައި ހަރަކާތްތެރިވަމުންދެއެވެ. މިގޮތުން ފަސް ސަރަޙައްދެއްގައި 16 ޕަންޕު ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެފަރާތުން ވިދާޅުވިއެވެ.
ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ސަރަޙައްދުތަކުގެ ތެރޭގައި ވެސްޓްޕާކު ސަރަޙައްދު، އައިޖީއެމްއެޗް ސަރަޙައްދު، ވިލިނގިލީ ފެރީ ޓަރމިނަލް ސަރަޙައްދު، ދިރާގު ސަރަޙައްދު، އަދި ޖެލީ ޕިއްޒާ ސަރަޙައްދު ހިމެނެއެވެ.
މި ހަފްތާ ބަންދުގައި މުޅި ރާއްޖެއަށްވެސް ވިއްސާރަވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވެ އެ އިދާރާއިން ނެރޭ އެލާޓްތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އާންމުންނަށް ވެސް އިރުޝާދު ދެވިފައިވަނީ މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވުމަށެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް