ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން --
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި އަކުރަމް ކަމާލުއްދީން، ހުންނެވި ދުވަސްވަރު ކުރައްވާފައިވާ މަސައްކަތްތަކުގެ މައުލޫމާތު ދޭން ނޫސްވެރިންނާ ބައްދަލު ކުރައްވަން އޭނާ ނިންމަވައި އެވެ.
އަންނަ ހޮނިހިރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަން އަކުރަމް ނިންމަވާފައި މިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ލިބުނު ކަމުގެ މައްސަލަތަކެއްގެ ޖިނާއީ ތަހުގީގު ފުލުހުން ފަށާފައިވަނި ކޮށެވެ.
ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް އެކްސްގައި މިރޭ ވިދާޅުވީ ސަރުކާރުގައި އޭނާ އަދާކުރި މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން ޖަވާބުދާރީ ނުވެވޭ ވަރުގެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
އޭގެ އިތުރުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެއްވެސް ލިޔުމެއް އުސޫލުން ބޭރުން ނުވަތަ ގަވާއިދާ ހިލާފަށް ނުވަތަ ނުރަސްމީކޮށް އެއްވެސް ފަރާތަކަށް ކުރީގެ ހައުސިން މިނިސްޓްރީން ދޫކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަކުރަމް ދެއްވި އެވެ.
"ސަރުކާރުގައި އަޅުގަނޑު އަދާކުރި މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން އަޅުގަނޑަށް ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ނޫސްވެރިންގެ އެއްވެސް ސުވާލެއް އޮތްނަމަ ސުވާލުކުރުމަށް ފުރުސަތުދިނުމަށް ހޮނިހިރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރުމަށް ގަސްތުކުރަން." އަކުރަމް ވިދާޅުވި އެވެ.
ފުލުހުން ބުނާ ފަޒީލްއާ އޭނާއާ ދުވަހަކުވެސް ބައްދަލުވެފައި ނުވާނެކަން ފާހަގަކުރައްވަމުން އަކުރަމް ވިދާޅުވީ މީގެ އިތުރުން އެއްވެސް މުއާމަލާތެއް ވެސް އޭނާއާ ކޮށްފައި ނުވާނެ ކަމަށެވެ. އަދި ކަމެއްގައި ބައްދަލު ކުރަން ފަޒީލް އެދިފައި ވެސް ނުވާ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް