ހައްގު ނުވާ ބަޔަކަށް ގޯތި ދިން މައްސަލައިގެ ތަހުހީގަށް 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ފަޒީލް ރަޝީދު (ކ) އަދި އޭނާގެ ކޮއްކޮ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު (ވ) —

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލައިގެ ތަހުގީގަށް ޖުމުލަ 20 މީހަކުފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އެ ފަރާތްތަކުގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ވެސް ހިމެނެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލައާ ގުޅުވައިގެން ރާއްޖޭން ބޭރަށް ފުރުންމަނާކޮށް ޕާސްޕޯޓް ހިފެހެއްޓި މީހުން ތެރޭގައި ގިނައިން ހިމެނެނީ އެޗްޑީސީ އަދި ހައުސިން މިނިސްޓްރީގެ އިސް ފަރާތްތަކެވެ.

މި މައްސަލައާ ގުޅިގެން އެޗްޑީސީގެ އައު ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ފިޔަވައި ބޯޑުގެ ހުރިހާ މެންބަރުން މިއަދު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭގެ ތެރޭގައި އެމްޑީ ފަޒުލް ރަޝީދު ވެސް ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ފަށާފައިވާ ޖިނާއީ ތަހުގީގާ ގުޅޭގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ސުވާލު އުފެދޭ ގޮތަށް ހުރި ލިޔެކިޔުން ތަކާ ގުޅޭގޮތުން ހަ ފަރާތަކާ މިހާތަނަށް ސުވާލު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުގެ އިތުރުން އެ ކުންފުނީގެ އެއްވެސް މުވައްޒަފަކާ ބެހޭ ގޮތުން ވެސް މިހާތަނަށް އެއްވެސް ހެއްކެއް ހޯދިފައިނުވާ ކަމަށް ފުލުހުން ބުނުފައިވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

28 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy