ރައީސް ޑރ. މުހައްމަދު މުއިއްޒު
ސަރުކާރުގެ އެއްވެސް ވެރިއަކު ކޮރަޕްޝަނުގެ ޢަމަލެއް ނުވަތަ އެކަމަށް މަގުފަހިވާ ފަދަ ޢަމަލެއް ކުރެއްވިކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
ރައީސް މުޢިއްޒު މި އިންޒާރު ދެއްވާފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑިރެކްޓަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި ރައީސް ވިދާޅުވެފައިވަނީ، އެއްވެސް ބޭފުޅަކު ގަވާއިދާ ޚިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ބޭއިންސާފުން ކަމެއް މަގުފަހިވާ ގޮތަށް ކަމެއް ކޮށްފައިވާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފި ނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
"ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން. ޒީރޯ ޓޮލަރަންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި އިންޒާރު އައިސްފައިވަނީ، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް ރަޝީދު ހިމެނޭ ގޮތަށް ބަޔަކަށް ބިންވެރިޔާ ސްކީމްގެ ބޭރުން ހުޅުމާލެއިން ގޯތިތަކެއް ދޫކުރި މައްސަލައިގެ ޖިނާޢީ ތަހުގީގެއް ފުލުހުން ފަށާފައިވާ ދަނޑިވަޅުގައެވެ.
މި މައްސަލައާ ގުޅިގެން، އެޗްޑީސީގެ ބޯޑުގެ ޗެއަރމަން ފިޔަވައި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ފަޒުލް ރަޝީދާއި އެހެން ހުރިހާ މެންބަރުންވެސް ވަނީ ތަޙްޤީޤު ނިމެންދެން ސަސްޕެންޑް ކޮށްފައެވެ. އަދި އޭގެ އިތުރުން، އެޗްޑީސީގެ ސީނިއަރ ތިން މުވައްޒަފުންނާއި ރިއަލްއެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރުވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް